ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން މުވައްޒަފުންގެ މުސާރައަށް 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފި: ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައަށް 2023 ވަނަ އަހަރާއި އަޅައިބަލާއިރު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯހިލް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕެއިން ކުރުމަށްޓަކައި “މިސްރާބު ހަމަމަގަށް” ނަމުގައި އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކެމްޕެއިން ޖަލްސާތަކެއް ބާއްވަމުންނެވެ. އެގޮތުން މިލަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ހީފުޅުކުރެއްވިގޮތާއި ހިލާފަށް މި ސަރުކާރު ހަމަމަގުން ނައްޓާފައިވާކަމަކީ ހިތާމާކުރައްވާ ކަމެއްކަމަށެވެ. މި ސަރުކާރުން ފަށައިފައިވާ ހުރިހާ މަސައްކަތެއް މިހާރު ވަނީ ހުއްޓާލައިފައިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައިސް ސޯހިލް ވިދާޅުވީ މި ސަރުކާރުން ކިޔަމުންދަނީ ފައިސާ ނެތް ވާހަކަކަމަށެވެ. ސޯހިލް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ނުހިނގާކަމަށާއި އެކުންފުނިތަކުގައި އެއްވެސް ވަރަކަށް ފައިސާނެތް ކަމަށެވެ.

އެހެންނަމަވެސް ފެންނަނަނީ ސަރުކާރުގެ މަގާމްތަކަށް ދުވަހުން ދުވަހަށް މީހުން އިތުރުކުރަމުންދާ މަންޒަރުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ސަރުކާރުން އަމާޒު ހިފާފައިހުރީ ގާތްގަނޑަކަށް 1500 މުވައްޒަފުން ސިޔާސީ މަގާމްތަކުގައި ތިއްބެވުމަށް ކަމަށާއި އެމަސައްކަތް ބާރު ސްޕިޑުގައި ކުރިއަށްދާ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ދެމަސް ނުވަތަ ތިން މަސް ނިމުނުއިރު ހަރަދުކޮށްފައިވާނީ 1.9 ބިިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުގެ ފުރަތަމަ ދެމަސް ނިމުނުއިރު ހަމައެކަނި މުސާރައަށް 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ސޯލިހް ވިދާޅުވިއެވެ.

“މިއީ ބަޖެޓުގައި ފައިސާ ނެތިގެން މިއުޅޭ ކަމަކީ.. އެ 300 މިލިއަން ރުފިޔާ ހިފައިގެން މިތަނުގައި އެއަރޕޯޓު އަޅަން އަންނަންވީތޯ” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރަށްރަށުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށާއި ބިން ހިއްކޭނެ ކަމަށް ސޯލިހް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުގެ އެ ވިސްނުން ނެތްކަމަށް ސޯލިހް ވިދާޅުވިއެވެ. އެހެންކަމުން މި ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތެރޭގައި ތިބެން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ބަހާއި އަމަލާއި ސީދާ ކުރުމަށްޓަކައި އެމްޑިޕީގެ މެންބަރު ތިބުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: