ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީން ގެންނަން ބުނި ކާބޯތެތީގެ ބަދަލުގައި ބެހީ “މޭޑް އިން އިންޑިއާ” ތަކެތި: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީން ކާބޯތަކެތި ގެންނާނެ ކަމަށް ބުނި ނަމަވެސް ރާއްޖެގައި ބެހީ “މޭޑް އިން އިންޑިއާ” ޖަހާފައިވާ ތަކެތި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ “މިސްރާބު ހަމަމަގަށް” ކެމްޕެއިން ޖަލްސާގައި މާރިޔާ ވިދާޅުވީ ރޯދަ މަހަށް ގެންނަން ބުނި ކަދުރު އައި ރޯދަ މަސް ނިނުމަކާއި ގާތްވެފައި ވަނިކޮށް ކަމަށެވެ. މާރިޔާ ވިދާޅުވީ މިސަރުކާރުގެ އަވަސް ދުވެލި އެނގޭކަމަށާއި އަދި ފައިސާ ހަރަދުކުރަނީވެސް ކިހިނެތްކަން އެނގޭކަމަށެވެ.

މާރިޔާ ވިދާޅުވީ ގަމަކީ އެމްޑީޕީ ފެށުނީއްސުރެ އެ ޕާޓީއަށް ވޯޓު ދެމުން ގެންދާ ކަމަށާއި ޕީޕީއެމް/ޕީއެންސީއިން އެހެން ބުނި ނަމަވެސް އެ ޕާޓީއަށް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ސަރުކާރު ކެންޑިޑޭޓަކަށް ވޯޓު ދެއްވައިފިނަމަ ގަން އޮންނާނި މިހާރު އޮތް ހާލަަތައްވުރެ ވެސް ދަށް ހާލަތެއްގައި ކަމަށާއި އަދި އެ މެންބަރުންނަށް އެއްޗެއް ބުނުމަކީ ދަތި ކަމަކަށް ވެގެން ދާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮމިޓީތަކުގައިވެސް އަތް ނެގުން ފިޔަވާ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އަދި މަޖިލިސް ތަޅުމުގެ ތެރޭގައިވެސް އެއްވެސް މަސައްކަތެއް ކުރައްވާނެ ކަމަށެވެ. މާރިޔާ ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުން އެ ދާއިރާއެއްގެ ރައްޔިތުން ދޫކޮށްލައްވާ ވަޑައިގަތީ ސަރުކާރަށް ކަމަށެވެ.

“ރައްޔިތެއްގެ ފަރާތުން ވާހަކައެއް ބުނިތަނެއް ފެނިވަޑައިގަތް ތަނެއް ނޯންނެ. ސަރުކާރު ލިބުނީމަ ޕީޕީއެމް އަށް ނިސްބްވާ ހުރިހާ މެންބަރުން ދުވެފައި ދިޔައީ ސަރުކާރަށް. އެމީހުން ހޮވި ރައްޔިތުން ދޫކޮށްލާފަ. ޔަތީމްކޮށްލާފަ. ބަސްބުނެވޭނެ ގޮތް މަޖިލީހުންވާކޮށްލާފަ ދިޔައީ ސަރުކާރަށް”

އެހުރިހާ މެންބަރުން ސަރުކާރަށް ވަޑައިގަތީ އެ ދާއިރާތަކުގެ އަޑު މަޖިލީހުގައި ކަނޑުވާލުމަށް ފަހު ސަރުކާރު މަގާމުތައް ބޭނުންފުޅު ވެގެން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ކަންކަން ކުރުމުގައި އެ މެންބަރުންގެ އެއްވެސް ޒިންމާދާރު ކަމެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 35%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: