ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ޖަލްސާއަށް ހާޒިރު ނުވާތީ މިއަދުގެ މަޖިލިސް ބައްދަލުވުން ކެންސަލް

މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި | ފޮޓޯ : ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހުގެ ފަހު ދިހައަކަށް ރައްޔިތުންގެ މަޖިލިސް ނެގި ބޮޑު ޗުއްޓީއަށް ފަހު މިއަދަށް ތާވަލު ކުރި ޖަލްސާއަށް ކޯރަމް ހަމަނުވެގެން މިއަދުގެ ބައްދަލުވުން ނުބާއްވަން ނިންމައިފި އެވެ.

އިއްޔެގެ ޖަލްސާ ވެސް ފެށޭ އަދަދަށް ކޯރަމް ހަމަވި ނަމަވެސް، 11 ގެ ފަހުން މަސައްކަތެއް ނެތްކަމަށް އިއުލާނުކޮށް ޖަލްސާ ވަނީ ނިންމާލާފަ އެވެ.

މިއަދުގެ 09:00 ގައި ފެށުމަށް ހަމަޖެހިފައި އޮތް ޖަލްސާ 10 އެއްޖެހުމާއި ގާތްވިއިރު ވެސް މެމްބަރުން ހާޒިރު ނުވާތީ ބޭއްވޭ ގޮތެއް ނުވި އެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި އޮތީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއަށް ސުވާލު ކުރުމެވެ.

19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 13 އަށް ނިމޭއިރު، އެ ތާރީހާއި ހަމައަށް މަސައްކަތް ކުރިޔަށް ގެންދާނެކަމަށް އިއްޔެ ރިޔާސަތުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އައު ދައުރަކަށް ހޮވުނު މެމްބަރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، މިހާރުގެ ސިޓިން މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެވުނީ މަދު މެމްބަރަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: