ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސަތު ތަފާތު، ބޭނުންވަނީ މާލެ ސަރަހައްދު ތަރައްގީ ކުރަން: ސޯލިހް

އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހް --- ފޮޓޯ: އެމްޑިޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީއާއި ވަރަށް ތަފާތު ކަމަށާއި ބޭނުންވަނީ ހަމައެކަނި މާލެ ސަރަހައްދު ތަރައްގީ ކުރަން ކަމަށް އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން “މިސްރާބު ހަމަމަގަށް” ނަމުގައި ލ.ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން އިންތިހާއަށް ކުރަމުން ދާކަމަށާއި ވަޒީފާގެ ބިރުވެރިކަން މުވައްޒަފުންނަށް އޮތް ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތައް ބައްޓަންވެފައިވާ ގޮތުން ސީދާ ރައްޔިތުންނަށް ހިދުމަތްކޮށްދޭ ބައެއްގެ ގޮތުގައި އަބަދުވެސް އެމްޑީޕީ އޮންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ހިޔާލުފާޅުކުރުމާއި، ބަސްބުނުމުގެ މިނިވަންކަން އެމްޑީޕީގެ ވެރިކަމުގައި ދީފައިވާނެ ކަމަށާއި އެހެންނަމަވެސް ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ކަންކަން ވެގެންދާގޮތް އިނގޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންކަމުން އެކަން ކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނުންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށްޓަކައި އެމްޑީޕީގެ ތަސައްވުރެއް އޮންނަ ކަމަށް ފާހަގަކުރައްވާ ރައިސް ސޯލިހް ވިދާޅުވީ މުޅި ރާއްޖެއަށް ތަރައްގީ އަންނާނެހެން ނުވަތަ އާބާދީ ބޮޑެތި ރަށްރަށުގައި ބޯހިވަހިކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަކީ ރައްޔިތުން ގަބޫލުކުރާ ގޮތް ކަމަށް ވިދާޅުވިއެވެ.

“އެސިޔާސަތުގެ ދަށުން އަޅުނޑުމެން މަސައްކަތް ކުރަމުން އައި. އެގޮތުން މިކަމުގައިވެސް ވަށާޖެހޭ ޖުމްލަ ހައްލެއް ހޯދައިދިނުމަށްޓަކައި މަސައްކަތްތަކެއް ޕްލޭންކޮށްގެން ރާވައިގެން ކުރިއަށް ގެންދިއައިން”

ރައީސް ސޯލިހް ވިދާޅުވީ ލ.ގަމުގައި ކެންސަރ ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ގަމުގައި ހުރި ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ކެންސަރ ހޮސްޕިޓަލެއް ގާއިމް ކުރަން ނިންމިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ނިންމީ ގަމުގައިއޮތް ކެންސަރ ހޮސްޕިޓަލް ގާއމު ނުކުރުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެ މަޝްރޫއު އަކީ ބަޖެޓު ހަމަޖެހި ޕްލޭންކުރެވި، ރާވައި ފަށާ ހިސާބުގައި އޮތް މަޝްރޫއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މެންޓަލް ހޮސްޕިޓަލް އަޅުއްވާނެ ކަމުގެ ވާހަކަ ދެއްކެވި ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ކޮބާތޯ ރައީސް ސޯލިހް ވަނީ ސުވާލު ކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ އެކަމަށް ފައިސާ ހަރަދު ކުރުމަށްވުރެ ގަމުގައި، މިހާރު ހުރި ފައިސާ ބޭނުންކޮށްގެން ކެންސަރ ހޮސްޕިތަލެއް ގާއިމު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: