ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޕީއެންއެފް ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓަރ ކޮށްދީފިއެވެ.

ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވަނީ “އެކްސް” ގައި ޕޯސްޓެއް ހިއްސާ ކުރައްވާ ޕީއެންއެފް ރަޖިސްޓްރީ ކުރި ކަމަށް ވިދާޅުވެ އެ ޕާޓީގެ ރަޖިސްޓްރީ އާއްމު ކުރައްވާފައެވެ. ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވީ އޭޕްރިލް 10 ވަނަ ދުވަހުގެ ރެއެވެ. ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނިކޮށް އެ ޖަލްސާ ފުލުހުން ވަނީ އެދުވަހު ހުއްޓުވައިފައެވެ.

އެ ޖަލްސާ ރާޅުގަނޑު ސަރަހއްދުގައި ބާއްވާފައިވާއިރު ޕީއެންއެފްގެ ވަގުތީ ރައީސަކަށް އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވަނީ އިންތިހާބުކޮށްފައެވެ. އެ ޖަލްސާގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ޒޭން އިންތިހާބުކޮށްފައި ވަނީ އެ މެންބަރުންގެ އިއްތިފާގުންނެވެ.

ޕީއެންއެފްގެ ޖަލްސާ 10:00 ފެށުމަަށް ނިންމާފައިި ވީނަމަވެސް އެޖަލްސާ ފެށޭގޮތްވީ 00:20 ހާއިރު ރާޅުގަނޑު ސަރަހައްދުގައެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ފަށަން ތައްޔާރުވި ނަމަވެސް, ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް, އިތުރު ބަޔަކު އެތެރެއަށް ވަނުން މަނާކޮށްފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް އެޖަލްސާއަށް ވަނުމަށްވެސް ފުލުހުން ހުއްދަ ދީފައިނުވެއެވެ. ޖަލްސާގެ ރިޔާސަތު ބައްލަވާފައިވަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކެޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

ފުލުހުންގެ ޗީފް ސްޕޯކްސް ޕާސަން އަހުމަދު ޝިފާން އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލްގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ، އަދި ހުއްދަ ދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެދިފައިވާކަމަށެވެ. ޝިފާން ވިދާޅުވީ އެ ސްކޫލުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެފަދައިން އެދިފައިވާ ކަމަށާއި އަދި އެކަން ތަންފީޒުކުރުމަށް މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.

އެހެންކަމުން އެ ސްކޫލުގައި ކުރިއަށް ގެންދިޔަ އެއްވުން ހުޓުވުމަށް މަސައްކަތް ކުރި ކަމަށާއި އެކަމަށް ފުލުހުން އެޓެންޑް ވެފައިވާކަމަށް ވިދާޅުވިއެވެ. އެ މައްސަލައިގައި ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ކޮމިއުކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވަނީ ތުހުމަތު ކުރައްވާފައެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: