ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަރަށެއް ބޮޑުރަށެއް ނުބަލާ މި ސަރުކާރުން ވަނީ މަޝްރޫއުތައް ހުއްޓުވާފައި: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ގެނެސްދިނީ ތަރައްގީ ކަމަށާއި އެހެންނަމަވެސް މި ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ބެލުމެއް ނެތި މަޝްރޫއުތައް ދަނީ ހުއްޓުވުވަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

“މިސްރާބު ހަމަމަގަށް” ނަމުގައި އެމްޑީޕީން ލ.ގަމުގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށް ރަށަށް ދެވިފައިވާ ކަމަށާއި ފެންނަމުންދަނީ އެއް މަންޒަރު ކަމަށެވެ. މިހާރު ރަށް ރަށުގައި މަަސައްކަތް ކުރަން ގެންގޮސްފައިވާ ހައިމާކައި އެނޫންވެސް އުޅަނދުތައް މިހާރު ހުރީ މަސައްކަތް ހުއްޓުފައި ކަމަށް ޝާހީދު ވިދާޅުވިއެވެ.

ރަތްމަންދޫގައި ހުންނަވައި މަޝްރޫއުތަކުގެ ވާހަކަ ވީޑިއޯއެއްގޮތުގައި އަޕްލޯޑް ކުރުމުން ސަރުކާރުގެ ހުރިހާ މިނިސްޓަރުން ފެއްޓެވީ ދިމާކުރައްވަން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުއަށް އޮޅުވާލައްވަމުން ބަޔަކު ގެންދަވާ ކަމަށާއި އެމީހުން ކައިރިން ދުރަށް ޖެހެވަޑައިގަތުމުން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތަން ފެނިވަޑައިގަންނަވާނެ ކަމަށެވެ.

“މަޝްރޫއުތައް އޮތީ ހުއްޓުވާފައި. އެކަން އޮތީ ގަސްތުގައި ހުއްޓުވާލައިފައި. ރާއްޖޭގެ ރަށްތައް ތަރައްގީ ކުރިޔަ ނުދިނުމަށްޓަކައި ހުއްޓުވައިފައި. ބައްލަވާ މިއީ އަޅުގަނޑުމެންގެ ގަން. ތިބޭފުޅުންގެ ލޮބުވެތި ގަމުގައި ރައީސް ސޯލިހް ބިނާ ކުރައްވަން ގަސްތު ކުރައްވާ ބިނާކުރައްވާ އިއުލާނު ކުރެއްވު ކެންސަރ ހޮސްޕިޓަލަށް ކިހިނެއްތީ ހެއްދެވީ. އެ ކެންސަރު ހޮސްޕިޓަލް ގަމު ރައްޔިތުން އަތުން ފޭރި ގަތީ”

ރައީސް މުއިއްޒުގެ ސަރުކާރުން އެ މަޝްރޫއު ހުއްޓާލައިފައިވާއިރު އެ މަޝްރޫއު އޮތީ ފިނޭންސް މިނިސްޓްރީ ތެރޭގައި ހުރިިހާ ކަމެއް ނިމިފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ހޮސްޕިޓަލްގެ ބަދަލުގައި މެންޓަލް ހޮސްޕިޓަލެއް އަޅުއްވާނެ ކަމަށް ވިދާޅުވީ އޭގައި ސަބަބެއް އޮވެގެން ކަމަށާއި އެއީ ގަމުގެ ރައްޔިތުންނަށް ކުރިއެކުމެއް ލިބިދާނެތީކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: