ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް އަގުލަބިއްޔަތު ލިބުމުން ގޯއްޗާއި ފުލެޓުތައް އަތުލާނެ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --- ޕޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ލިބިއްޖެނަމަ ރައްޔިތުންނަށް ލިބިފައިވާ ގޯއްޗާއި ފުލެޓުތައް އަތުލާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި “މިސްރާބު ހަމަމަގަށް ކެމްޕެއިން ޕެރޭޑް” ގައި ޝާހިދު ވިދާޅުވީ މާލޭގެ ރައްޔިތުން ސަމާލު ވުމަށާއި އެމީހުންނަށް ލިބިފައިވާ ގޯއްޗާއި އަދި ފުލެޓާއި އެހެނިހެން ތަކެތި މިސަރުކާރުން ވަނީ ފޭރިގަންނަން ތައްޔާރުވެފައި ކަމަށެވެ.

އެކިއެކި ބަހަނާއި ދައްކައިގެން އެގޮތް މިގޮތަށް ވާހަކަދައްކާ، ރައްޔިތުންނަށް އޮޅުވާލައިގެން އެ ތިބެނީ އާދިއްތަ ދުވަހުގެ ވޯޓުގައި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ފުލެޓާއި ގޯތިތައް އަތުލަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

“އެމްޑީޕީން ފަށާފައިވާ ދަތުރުގައި ދިވެހިރާއްޖޭގައި ބޮޑުވަމުން އައި ދޮގު ދޮލަނގު ގާދޫކޮލުން ނެރެ އެއްލާލުމަށްޓަކައި މި ފެށި ދަތުރު މިހާރު މިއޮތީ ކުޑަތަންވެފައި. އާދިއްތަ ދުވަހު ހެނދުނު ހެނދުނާއި ނިކުމެވަޑައިގެން ދޮގު ދޮލަނގު ބޭރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާ”

ޝާހިދު ވިދާޅުވީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. އަދި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ރައްޔިތުންނަށް ބިމާއި ފުކެޓު ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މިއަދު ދެއަތްއުރާލައިގެން ތިބެވެން ނެތް ކަމަށާއި ރާއްޖޭގެ މިސްރާބު އޮތީ ކަސިޔާރުވެފައި ކަމަށެވެ.

ރާއްޖޭގެ މިސްރާބު ދަނީ އަނދިރި އަނދަވަޅަކާއި ދިމާއަށް ކަމަށާއި އެކަމަށް ފުރުސަތުދެވެން ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު  ވިދާޅުވީ އާދިއްތަ ދުވަހު ހެނދުނު ހެނދުނާއި ވަޑައިގެން އެމްޑީޕީއަށް ވޯޓު ދެއްވުމަށެވެ. އަދި އާދިއްތަ ދުވަހުގެ އިރު ތިރިވެގެންދާނީ އާދުވަހަކަށް، އާ ޒަމާނަކަށް އަދި ތެދުވެރިކަމަށް ރާއްޖެ މަރުހަބާ ކިޔަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: