ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ މެމްބަރު މުސްތޮ މާފަންނު ހުޅަނގަށް ހޮޓްލައިނަކާއި ވެބްސައިޓެއް ގާއިމުކޮށްފި

މާފަންނު ހުޅަނގު ދާއިރާގެ ކޮންގްރެސް ކެންޑިޑޭޓްގެ ކެމްޕެއިން އިވެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންކަމާއި ވިސްނާ އިލްމީ ގާބިލު މީހަކަށް ވާނެކަމުގެ ޔަގީންކަން މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނަށް އަރުއްވާކަމަށް އެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ، ރައްޔިތުންވަނީ މަޖިލީހުގައި ތިއްބަވަންޖެހޭ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތައް ކަނޑައަޅައި ނިންމާފައިކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ތައުލީމީ ގާބިލު މީހުން މަޖިލީހުގައި ތިބުންކަން އިންތިހާބުގެ ނިންމުންތަކުން ސާފުވާކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ރައްޔިތުންގެ ކިބައިގައި އޮތްކަމެއް ކަމަށާއި އެއީ ރައްޔިތުން ނިންމާ ނިންމުމެއްކަމަށެވެ. އަދި މާފަންނު ހުޅަނގަށް ނިސްބަތްވާ ރައްޔިތުން ނިންމަވާފައިވާ ނިންމެވުމަކީ އެންމެނަށްވެސް އޮތް މިސާލެއްކަމަށާއި އޭނާ ފަރާތުން ފެނިގެންދާނީ ރައްޔިތުން ބޭނުންވި ފަދަ އަހުލާގާއި ސުލޫކީ މިންގަނޑުތައްކެއްކަމަށާއި އޭނާއަކީ ވިސްނުންތެރިކަމާއިއެކު އަމަލުކުރައްވާނެ މީހަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުއްވާކަމަށްވެސް މުސްތަފާ ހިއްސާކުރެއްވިއެވެ.

މުސްތަފާ ވަނީ ކެމްޕެއިންގެ ތެރެއިން ކުރެއްވިފައިވާ ތަޖުރިބާތަކަށްވެސް މި ފުރުސަތުގައި އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ބައްދަލުކުރެއްވި ހުރިހާ ރައްޔިތުން މަގުތައް ހަދައިދިނުމަށް އެދިވަޑައިނުގަންނަވާކަމަށާއި ފެންބޮޑުވާތީ އުނދަގޫވާ ވާހަކަވެސް އެންމެން ނުދައްކާކަމަށް ފާހަގަކުރެއްވިއެވެ. ހަމަ އެގޮތުން ފްލެޓާއި ގޯތި އަދި ވަޒީފާއަށްވެސް އެންމެން ނޭދޭ ނަމަވެސް އެއް ކަމަކަަށް އެ ދާއިރާގެ އެންމެންވެސް އެދޭކަމަށް ހާމަކުރެއްވިއެވެ.

މުސްތަފާ ވިދާޅުވީ، އިންތިހާބުކޮށްދިނުމުން ބައްދަލުވާނެކަމާއި ފޯނުން ގުޅޭނެކަމާއިމެދު މީހުން ސުވާލުކުރިކަމަށެވެ. އޭނާ ވިދާޅުވީ، ދާއިރާގެ 100 އިންސައްތަ މީހުން އެކަމަށް އެދިވަޑައިގެންނެވިކަމަށާއި އެހެންކަމުން އެކަން ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަން ފުރިހަމަ ކުރެއްވުމުގެ ގޮތުން ask.musto24.com ބިނާކޮށްފައިވާކަމަށާއި އެއީ ކޮންމެ މީހަކުވެސް ބޭނުންކުރައްވަން ރަނގަޅު ސައިޓެއްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ވެބްސައިޓު ބޭނުންކޮށްގެން ހުށައަޅުއްވަން ބޭނުންވާ ޝަކުވާތަކާއި ސުވާލުކުރެއްވުމުގެ ފުރުސަތުވެސް ފަހިވެފައިވާކަމަށާއި 24 ގަޑިއިރު ހިދުމަތް ދޭނެ ހޮޓްލައިނެއްވެސް ގާއިމުކޮށްފައިވާކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ 9800888 ހުރިހާ އެންމެންވެސް ފޯނުތަކަށް ސޭވްކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި އެ ނަމްބަރު މެދުވެރިކޮށް ގުޅުއްވޭނެކަމުގެ ޔަގީކަންވެސް އެރުއްވިއެވެ. އޭނާ ވިދާޅުވީ އަމިއްލަ އަށް ފޯނު ނުނެންގެވޭ ހާލަތުގައިވެސް ކޮންމެވެސް މީހަކު އެ ފޯނަށް ޖަވާބުދާރީ ވާނެކަމަށާއި އުންމީދުކުރައްވަނީ ހުވާކުރެވުމުގެ ނިޔަލަށް އޮފީސްވެސް ގާއިމުކުރެއްވުމަށްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: