ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މުސްތަގުބަލައްޓަކައި މާފަންނު ހުޅަނގު ދާއިރާއަށް މުސްތޮ!

މާފަންނު ހުޅަނގު ދާއިރާގެ ކޮންގްރެސް ކެންޑިޑޭޓްގެ ކެމްޕެއިން އިވެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު މުސްތަފާ އިބްރާހިމް(މުސްތޮ) އަކީ އިނގިރޭސި ވިލާތުގެ އެންގިލިއާ ރަސްކިން ޔުނިވަރސިޓީން މާރސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކޮށްފައިވާ، މާފަންނު ހުޅަނގުދާއިރާގައި ދިރިއުޅޭ ދާއިރާގެ އިލްމީ ބޭފުޅެކެވެ.

އެބޭފުޅާއަކީ ތާޖުއްދީން ސްކޫލްގަޔާއި އަދި އޭގެފަހުން އަމީނިއްޔާ ސްކޫލުގައި މުދައްރިސެއްގެ ގޮތުގައި އަދި ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާއާއި، ގައުމީ ޔުނިވަރސިޓީގައި ލެކްޗަރާއެއްގެ ގޮތުން ކިޔަވައިދެއްވާފައިވާ ގިނަ ދަރިވަރުންތަކެއްގެ މުސްތަފާ ސާރ އެވެ.

ކިޔަވައި ދިނުމުގެ އިތުރުން މުސްތޮއަކީ ހިންގުމުގެ ދާއިރާގައި މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މުލަކަތޮޅުގެ އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވްކަމުގެ މަޤާމު އަދާކޮށްފައިވާ، ހިންގުމު ދާއިރާގެ ތަޖުރިބާކާރެކެވެ.

މީގެ އިތުރުން ދިވެހި ބަހުގެ ގަވާޢިދު ކޮމެޓީގެ މެންބަރުކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލް މެންބަރުކަމާއި، ޒަކާތު ކޮމެޓީގެ ޗެއާމަންކަމާއި، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައި.ޑީ.ބީ)ގެ ދިވެހިރާއްޖޭގެ އަލްޓަނޭޓް ގަވަނަރކަން އަދާ ކޮށްފައިވެއެވެ.

މުސްތޮއަކީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ ބިލުތައް އިޞްލާޙުކުރުމުގެ މަސައްކަތުގައި އެޓަރނީ ޖެނެރަލް އޮފީހުގައި، އޭރުގެ އެޓަރނީ ޖެނެރަލުން ކަމުގައިވާ އަލްއުސްތާޛު ޑރ.ހަސަން ސަޢީދާއި އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ އަރިހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް އުފަންކުރުމުގެ މަސައްކަތް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު މޫސާ ފަޠުޙީއާއެކު ވެސް މަސައްކަތް ކުރައްވާފައިވާ ގާނޫނުތަކަށް ފަރިތަ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: