ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއަށް ބޮޑު ތާއީދެއް ރައްޔިތުން ދިނީ ސިފައިން ފޮނުވާލުމުން: ހީނާ

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު --- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އެންމެ ބޮޑު ތަރުހީބެއް ރައްޔިތުން ދިނީ އިންޑިއާގެ ސިފައިން ފޮނުވާލުމުން ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ވެރިކަމުގެ ފަސް މަސް ދުވަސް މިއީ ހަގީގަތުގައި ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް  އަދި ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮއްދެއްވަމުން އަދި ލުއިފަސޭހަތައް ގެނެސްދެއްވަމުން ދިޔަ ފަސް މަސް ކަމަށެވެ. އެގޮތުން ހަފްތާ 14 ގެ ތެރެއިން ރައީސް ޑރ. މުއިއްޒު ވެ ވަޑައިގެންފައިވާ ފައިދާތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ވެ ވަދައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހިޔާފުލެޓު ތަކުގެ ކުލި ކުޑަކޮށް ވިނަރެސް ފުލެޓުތަކުގެ ޑައުންޕޭމަންޓު 50 އިންސައްތައަށް ރައީސް ޑރ. މުއިއްޒު ކުޑަކޮށްދެއްވާފައިވާ ކަމަށެވެ. ހީނާ ވިދާޅުވީ ހިޔާފުލެޓުގެ ކުލި ކުޑަ ކޮށްދެއްވުމުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލިވެސް ރައީސް ކުޑަކޮށްދެއްވާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބޮޑު ލުއިތަކެއް ވެގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ. މީގެއިތުރަށް ރައްޔިތުންނަށް އެންމެ ބޮޑު ތަކުލީފަކަށް ހާއްސަކޮށް ރޯދަމަހާ ދިމާކޮށް ވެގެންދަނީ ރައްޔިތުންގެ ޔުޓިލިޓީ ބިލްތައް އިތުރުވެގެން ދިއުމުން ކަމަށް ހީނާ ވިދާޅުވިއެވެ. ރޯދަ މަހަކީ ކަރަންޓު ގިނައިން ބޭނުންކުރަންޖެހޭ މަހެއް ކަމަށްވުމުން ބިލުތައް ބޮޑުވެ ރައްޔިތުންނަށް އެކަން ތަކުލީފަކަށް ވެފައިވާއިރު ފާއިތުވި ރޯދަ މަހު ގޭބީސީތަކަށް ރޯދަ ޑިސްކައުންޓު ލިބިގެންގޮސްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.

“ހަމައެއާއި އެކީގައި ވަރަށް ގިނަ އެހެނިހެން ކަންތައްތަކެއްވެސް އެބަހުރި ކުރެއްވި، އަދި ކުރައްވަމުންވެސް އެބަދޭ. އަޅުގަނޑުމެންގެ މިނިވަންކަމާއި އިގްތިސާދު އަޅުގަނޑުމެން އަމިއްލަޔަށް، އިގްތިސާދު ކޮޅަށް ނަގާ، މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ދިވެހި ސިފައިން އަމިއްލަޔަށް ބެލަހައްޓަންފެށުން އެއީ ދިވެހި ސިފައިން ޑްރޯން ބޭނުންކޮށްގެން ދިވެހި ކަނޑުތަކުގެ ސަރަހައްދު ބަލަހައްޓަން ފެށުމަކީ ދިވެހީންނާއި އަޅުގަނޑުމެން ފަހުރުވެރިވާކަމެއް”

ދިވެހިރައްޔިތުން އެންމެ ބޮޑު ތާއީދެއް ރައިސް މުއިއްޒުއަށް ކުރެއްވީ ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުން ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ބޭރު ސިފައިން މިގައުމުން ފޮނުވާލުމުގެ މަސައްކަތް ފެށި އޭގެތެރެއިން ބޮޑު ބައެއް މިހާރު ފޮނުވާލެވިފައިވާކަމަށާއި އަދި މެއި 10 ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ ސިފައިން ފޮނުވާލާނެކަމަށް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: