ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހަމައެކަނި ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ސަރުކާރެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތް ކުރައްވަނީ ވައުދު ފުއްދަވަން ކަމަށާއި އަމާޒަކީ ހަމައެކަނި ނަތީޖާ ނެރެދެއްކުމަށް މަސައްކަތް ކުރައްވާ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ނަތީޖާ ނެރެދައްކަން ކަމަށާއި މިސަރުކާރުގެ ހުރިހާ ބޭފުޅުންވެސް ވަގުތު ހޭދަކޮށްފައިވާނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށްކަމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރުން މުހިންމު ކަންކަން ފަށާފައިވާކަމަށާއި، އަދި ރާއްޖޭގައިވެސް ހިންގާ އެންމެބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއު ކަމުގައިވާ އައްޑޫގެ ބުރިޖުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެ މަޝްރޫއުގެ ފުރަތަމަ މަރުހަލާ ނިމިފައިވާ ކަމަށާއި ކުރަންޖެހޭ ސާވޭ ތައްވެސް ނިމިފައިވާކަމަށާއި އެ މަޝްރޫއުގެ ކޮންޓްރެކްޓް އާއި ހަމައަށްގޮސް މިއަހަރު ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަގުތު ބޭކާރު ނުކުރައްވުމަށާއި ދެވަނަ ވިސްނުމަށްދާން ނުޖެހޭ ކަމަށެވެ. އައްޑޫސިޓީގައި މިހާރުވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާ ކަމަށާއި އޭގެތެރޭގައި ފެނުގެ މަޝްރޫއު އާއި، ކަރަންޓުގެ މަޝްރޫއުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޓޫރިޒަމް ފުޅާކުރެވި މަސްވެރިކަމަށް ބޭނުންވާ ހުރިހާ މަޝްރޫއުއެއް ފެށުމަށް ވައުދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހަގީގީ ރަނގަޅު އިންޓަރނޭޝަނަލް އެއާޕޯޓެއް އަޅައިދޭންނ. އަޅުގަނޑުމެން އައިި އިރު މަޝްރޫއުއެއް ފެށިފައި އޮތް. އެހެންނަމަވެސް އެކަން ދިޔައީ ރަނގަޅަކަށް ނޫން. އެހެންކަމުން އެކަންކަން ރަނގަޅުކޮށް އިރާދަކުރެއްވިއްޔާ ތިބޭފުޅުން އަބަދުވެސް ތި އުންމީދު ކުރަމުން އައި ކަންކަން ހާސިލްވާ ކަންކަމުގެ އެއަޕޯޓަކަށްހަދާ، އެކިއެކި ޑެސްޓިނޭޝަ ތަކުން، އެކި އެއާލައިން ތަކުން ޓޫރިސްޓުން ގެނެވި، ޝެޑިއުލްޑް އަދި ޗާޓެޑް ފުލައިޓުތައް އަންނަ ގޮތައް ހަދައިދޭނަން

ރައިސް ވިދާޅުވީ ވެފައިވާ ކޮންމެ ވައުދެއް ވެވަޑައިގަންނަވާނެ ކަމަށާއި އެއީ ފުއްދުމަށްޓަކައި ވެފައިވާ ވައުދުތައް ކަމަށެވެ. ނަތީޖާ ނެރުމުގެ ހަމަ އެކަނި ފޯކަސް އޮވެގެން މަސައްކަތްކުރާ ސަރުކާރަކަށް ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލީސް ތެރެއިން ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމުން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށާއި އެހެންވިދާޅުވެފައިވަނީ އެކަން ކުރެވޭނެ ކަމުގެޔަގީންކަން އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ސްޕީޑްގައި ވެ ވަޑައިގަތް ހުރިހާ ވައުދެއް ފުއްދަ ދެއްވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ދާއިރާތަކުން 93 ކެންޑިޑޭޓުން ހޮވާދެއްވަންވީ ސަބަބަކީ އެއީ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: