ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮވްރިން ޑިވޮލޮޕްމެންޓު ފަންޑުގައި 30 މިލިއަނަށް ވުރެ ގިނައިން ޖަމާވެފައި އެބަހުރި: ހީނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕްނުކޮށް ސޮވްރިން ޑިވޮލޮޕްމެންޓު ފަންޑުގައި 30 މިލިއަނަށް ވުރެ ގިނައިން ޖަމާވެފައިހުރި ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި ރައީސް މުއިއްޒު ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. މި ސަރުކާރު ފެށުނު އިރު ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި ކަމަށާއި އަދި ރަށްރަށުގައި ހުރި ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރު ފެށުމާއިއެކު ހުއްޓިފައިވާ މަޝްރޫއުތައް އަލުންފަށައިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ސަރުކާރައި ހަވާލުވިއިރު މަސްވެރިންނަށް ކުރީ ސަރުކާރުން ނުދީ ހުރި ފައިސާ އެއްކޮށްދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އަދި ބަލި މީހުން އުފުލުމުގައި ނުވަތަ ބަލި މީހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންދިއުމުގައި ކުރިން ދިމާވަމުން ދިޔަ ތަކުލީފަށް އެންމެ ބޮޑު ހައްލެއް ލިބިގެން ދިޔައީ ރައީސް ވައުދުފުޅުތަކުގެ ތެރެއިން އެއާ އެމްބިއުލާންސް ފެށިގެން ދިއުމުންކަމަށް ހީނާ ވިދާޅުވިއެވެ.

“ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕްގެ ހިދުމަތް ތަނަވަސްވެގެން ދިއުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް. އަދި ސިއްހީ ދާއިރާއިން އަދި ހަމަ އެހެންމެ ރައްޔިތުންގެ ސިއްހީ ހާލަތަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެ ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރެވިގެންދިޔަ ވަރަށް މުހިންމު ކަމެއް. ހަމަ އެއާއިއެކީގައި ވަރަށް ގިނަ ބައެއްގެ އުއްމީދާއި ގުޅިފައިވާ ވަރަށް މުހިންމު ކަމެއް ކަމުގައިވާ އައި.ޔޫ.އައި އަދި އަ.ވީ.އެފްގެ ހިދުމަތް އާސަންދަ ސްކީމް މެދުވެރިކޮށް ތައާރަފް ކުރެވިގެން ދިއުމަކީ އެފަރާތްތަކުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް”

ނިމިދިޔަ ރޯދަ މަހު ތަކެތީގެ އަގު ކޮންޓްރޯލްކޮށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުހިންމު ބާވަތްތައް ރާއްޖޭގެ މާކެޓުން ލިބޭނެ އިންތިޒާމް ހަމަޖެހުނުކަމަށް ހީނާ ވިދާޅުވިއެވެ. މީގެއިތުރުން އަލަށް ރޯދަ މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖައްސައި ރައްޔިތުންނަށް އަޅުކަން ކުރުމުގައި ގިނަ ވަގުތު ހޭދަ ކުރުމަށް މަގުފަހި ކޮށްދެއްވުމުން ރައީސް އަޅުކަމާއި އިސްލާމީ ކަންކަމަށް ދެއްވާ އަހަންމިއްޔަތު ކަން ހާމަވެގެން ދިޔަ ކަމެއް ކަމަށް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: