ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ނިންމެވުމާއި އެއްގޮތަށް ރޯދަ މަހުގެ ކަރަންޓު ބިލަށް ރަނގަޅު ޑިސްކައުންޓެއް ދެވުނު: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ރޯދަ މަހުގެ ކަރަންޓު ބިލުން ޑޮމެސްޓިކް ކޮންސިއުމަރުންނަށް ޑިސްކައުންޓު ދީފައިވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ބިލުގެ ޑިސްކައުންޓާއި ގުޅޭގޮތުން އޮޅުންތަކެއް އަރައި އެކި ގޮތްގޮތުން ވާހަކަތައް ދެކެވެމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގިނަ ދުވަސްތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ފަހުމީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތަކަށް ފަހުމީ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި އެކު އަބަދުވެސް އޭގެ އަސަރު ކަރަންޓު ބިލުތަކުން ފެންނަ ކަމަށެވެ. ރޯދަ މަހަކީ އާންމު ދިރިއުޅުމުގެ ހަރަދު ބޮޑު މަހަކަށްވުމާއި އެކު، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ބިލުން ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ވެސް އެ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ އަލަށް ކަރަންޓުގެ ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށް ވެސް، އެ މީހުން ކަރަންޓު ބޭނުންކުރި މިންވަރުގެ އެއްވެސް ހިސްޓްރީއެއް ނެތި ވެސް ސަރުކާރުން ނިންމި ރޭންޖުގެ ތެރެއިން ޑިސްކައުންޓު ދެވުނު ކަމަށެވެ.

އެހެންވީމަ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވާނީ މި ދެންނެވި ގޮތަށް.. ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި އެއްގޮތަށް.. ޑިސްކައުންޓު ދެވިފައި ވާނީ..

ފަހުމީ ދެއްކެވި ވާހަކައަށް ނޫސްވެރިއަކު ވަނީ، ސްޓެލްކޯއިން ފާހަގަކުރި ބައިތައް ރަނގަޅު ނަމަވެސް ޑިސްކައުންޓު ދިން ބިލަކީ އުސޫލެއްގެ ގޮތުން ބަލާއިރު ޝައުބާން މަހު ބޭނުން ކުރި ކަރަންޓުކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން މިއީ އޮޅުން އަރާކަމަކަށް ވާތީ އެކަން ސާފުކޮށް ދިނުމަށް ނޫސްވެރިޔާ އެދުމުން ފަހުމީ ވިދާޅުވީ ރޯދަ މަހުގެ ޕީކާއި، އެހެން މަސްތަކުގެ ޕީކް އާއި ވެސް ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އާދައިގެ ދުވަސްތަކުގައި މެންދުރު ޕީކްވި ނަމަވެސް، ރޯދަ މަހުގެ ޕީކް ވަނީ ހަވީރުގެ ވަގުތުތަކުގައިކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ބައެއް ކަސްޓަމަރުންގެ ބިލުގައި ރޯދަ މަހުގެ މަދު ދުވަސްތަކެއް ޑިސްކައުންޓާއި އެކު ލިބުނުކަން ގަބޫލު ކުރާކަމަށާއި ޖުމްލަކޮށް ބަލާއިރު ގިނަ ކަސްޓަމަރުންނަށް ބިލް ދެވިފައި ހުރީ ރަނގަޅަށްކަމަށް ފަހުމީ ވިދާޅުވި އެވެ.

ބިލިންގެ ސައިކަލް ހުންނަ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހާއި ފަހު ދުވަހު މާލެއިން ސަރަހައްދުން 48،000 ކޮންސިއުމަރުންގެ ރީޑިން ނެގުން ފަސޭހަކަމަކަށް ނުވާނެކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި ބިލް ކުރާ ޕީރިއަޑްއަށް ބަދަލު ގެނައުމުން އޭގެ ދަތިތައް ކަސްޓަމަރުންނަށް ވެސް ދިމާވާނެކަމަށް ފަހުމީ ވިދާޅުވި އެވެ. ފަހުމީ ވިދާޅުވީ ކުންފުނިން ބެލީ، ކަސްޓަމަރުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: