ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅަށް 10 އަހަރު މަޖިލިސް ގޮނޑި ދިނުމުންވެސް ރައްޔިތުންގެ ބޯހިޔާވަހިކަން ވެސް ކަށަވަރު ނުވި: މުސްތަފާ

މުހައްމަދު މުސްތަފާ އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ 10 އަހަރު އިދިކޮޅަށް މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ދިނުމުންވެސް އެ ދާއިރާގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ނުވާކަމަށް މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ޖަލްސާގައި މުސްތަފާ ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ މައިގަނޑު ހަތަރު ކަމެއް އޮތް ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ބޯހިވާހިކަމުގެ މައްސަލަ ކަމަށާއި ރައްޔިތުން ތިބި ގެތަކުގެ ހާލު ރައީސް ވެސް ބައްލަވާފައިވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އިދިކޮޅުގެ ކެންޑިޑޭޓު ދައްކަވާ ވާހަކަ ގާބޫލު ނުކުރެއްވުމަށެވެ. އިދިކޮޅަށް 5 އަހަރުގެ މުއްދަތެއް ބޯހިވަހިކަން ރަނގަޅުކުރުމަށް ދީފައިވާކަމަށާއި އަދި އިދިކޮޅު ކެންޑިޑޭޓަށް 10 އަހަރު މަޖިލީހުން ވެސް ދީފައިވާކަމަށް މުސްތަފާ ވިދާޅުވިއެވެ. އެހެންނަމަވެސް މާފަންނު ހުޅނގު ދާއިރާގެ ރައްޔިތުންގެ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެން ނުދާކަމަށް މުސްތަފާ ވިދާޅުވިއެވެ.

“އެޖެންޑާ 19 އައިސްގެން ދިޔައީ ބޯހިޔާވަހިކަން ގެނެސްދޭނެ ކަމުގެ ފޮނި އުއްމީދާއި އެކީގަ.. އަޅުގަނޑުމެންގެ މިހާރުގެ ކެންޑިޑޭޓު އެގޮނޑީގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ބޭތިއްބީ އެ ބޭނުން އަޅުގަނޑުމެންނަށް ނިހާޔަތައް ބޭނުންވެފައި އޮތީމަ… އެހެންނަމަވެސް އެކަން ނުވެ ދިޔައީ.. އެޖެންޑާ 19 ނިމިގެން ދިޔައިރު ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ނެތް ބޯހިޔާވަހިކަން ލިބުނު…. މިއަދު އަރާފަ ތިމަންނަމެން އެކަން ކުރާނަމޭ ބުނިނަމަވެސް އެކަމެއް ނުވާނެ.. އެކަން ގާބޫލުނުކުރައްވާ..”

މުސްތަފާ ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަކިން ކަށަވަރު ކުރުމަށްޓަކައި ރައީސް މުއިއްޒު އާއި އެކު ސާބިތުވެ ހުންނެވި ކަމަށެވެ.

“އެކަން ސަރުކާރުން ކުރައްވަނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންތެރޭގައި ނެތޭ ރައީސް މުއިއްޒު ފިޔަވާ ވައުދު ލިޔެފަ ރައްޔިތުން އަތަށް ދީފައި ފާހަގަ ޖައްސަވާށޭ ތިމަންނަ މިކަން ކޮށްދެއްވާނަމޭ ވިދާޅުވި އިތުރު ރައީސަކު”

މުސްތަފާ ވިދާޅުވީ އެފަދައިން ފޮތެއް ލިޔުއްވާފައި ރައްޔިތުން އަތައް ދިނުމުން އެކަން ކުރައްވާނެ ކަމުގެ ޔާގީންކަން ލިބިގެން ދާކަމަށާއި އަދި ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނީ މިސަރުކާރުން ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށްޓަކައި ރައީސް ބޭނުންފުޅުވަނީ ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ކާމިޔާބުވުން ކަމަށް މުސްތަފާ ވިދާޅުވިއެވެ. ގާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށާއި ސަރުކާރަށް އެހީތެރިވެދޭނެ މަޖިލީހެއް އޮންނަނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: