ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދަށް ފިޔަވަޅު އަޅަންޖެހޭ ހާލަތެއް އަދި ނެތް: އެމްޑީޕީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުގައި ފިޔަވަޅު އަޅަންޖެހޭ ހާލަތެއް އަދި ކުރިމަތިނުވާކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕީޕީއެމް/ޕީއެންސީއިން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ. އެފަދަ މީހަކަށް އެމްޑީޕީގެ ޓިކެޓު ދީފައިވާ ދިނުން، ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީސް އިންތިހާބަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކުށްވެރިވެސް ކުރައްވާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެއްކެއް ނެތްކަމަށެވެ. ހެކި ލިބިއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަކީ މިނިވަން ތަހުގީގަކަށް ހެދުމަށް ފަހި ކުރަން ޖެހޭ ހުރިހާކަމެއް އެމްޑީޕީގެ ވެރިކަމުގައި ކުރިކަމަށާއި، އަދި ބައެއް ފިޔަވަޅުތައްވެސް އެޅުއްވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން އީސަ ވިދާޅުވީ އަލީ ވަހީދާއި އެ މައްސަލައިގައި ހިމެނޭ އެހެން މީހުން މަގާމުން ވަކިކުރިކަމަށެވެ.

ތަހުގީގީ އިދާރާތަކުން އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ދައުވާ ކުރެވޭނެ އެއްވެސް ކަމެއް ފެނިއްޖެނަމަ ޕާޓީގެ ފަރާތުން އަލީ ވަހީދާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް އީސަ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓާނެކަމުގެ ޔަގީންކަން އެރުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: