ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ހިމެނޭހެން، 4 މީހަކަށް އަދާލަތުގެ ޓިކެޓު!

ޙޮމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓުން އިއުލާނުކޮށްފިއެވެ.

އެ ޕާޓީއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓިގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޕާޓީގެ ޓިކެޓު ދިނުމަށް ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާކަމަށެވެ.

އެގޮތުން ޓިކެޓު ލިބުނު ފަރާތްތައް:

ހުސެއިން ޝަފީޤް – ވައިކަރަދޫ ދާއިރާ

އިމްރާން އަބްދުالله – މަކުނުދޫ ދާއިރާ

އިސްމާއީލް ހަމީދު – ފުނަދޫ ދާއިރާ

އިސްމާއީލް އަލީ – އިނގުރައިދޫ ދާއިރާ

އަދާލަތު ޕާޓީގައި މިދިޔަ އަހަރުގެ ޑިސެމްބަރު ނިމުންއިރު ތިބީ 8،796 މެންބަރުންނެވެ. އަދާލަތު ޕާޓީއަކީ 2018 ގައި އިންތިހާބުވީ އެމްޑީޕީގެ ސަރުކާރުގެ ކޯލިޝަން ޕާޓީއެކެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްވެސް އަދާލަތު ޕާޓީއިން ވަނީ އެމްޑީޕިއާއިއެކު ކޯލިޝަން ހަދާ، އެކުގައި މަސައްކަތް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: