ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ހުޅުވާލީ 4 ދާއިރާއަކަށް!

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓީޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލަމެވެ.

މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 39 ވަނަ ބައްދަލުވުމުގައެވެ. ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ 4 ދާއިރާއަކަށެވެ. އެއީ:

1. ވައިކަރަދޫ ދާއިރާ
2. މަކުނުދޫ ދާއިރާ
3. އިނގުރައިދޫ ދާއިރާ
4. ފެލިދޫ ދާއިރާ

އެ ޕާޓީން ބުނީ މި ދާއިރާތަކަށް ޢަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން އެދޭ ފަރާތްތަކުން 23 ޖަނަވަރިގެ 16:00 ގެ ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު އެ ޕާޓީގެ އިދާރާ, ހ.ފުލިދޫގެ (3 ވަނަ ފަންގިފިލާ) އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ހުޅުވާލެވިފައިވާ ދާއިރާތައް ނޫން އިތުރު ދާއިރާއަކަށް ޕާޓީގެ ނަމުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން, ޕާޓީގެ އިންތިހާބުގެ ކޮމިޓީއަށް އެޑްރެސްކޮށް, ސިޓީ ފޮނުވުމަށް ވަނީ އެެދިފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: