ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ!

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ---- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންކަމަށް ހީނާ އައްޔަނު ކުރައްވާފައި ވަނީ، އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާގޮތަށެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ ގޮތުގައި ހީނާ ހިދުމަތް ކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ހީނާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރކަމާއި، ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އަދި ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތްކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް ހީނާ ވަނީ އަދާކުރައްވާފައެވެ.

ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އައްޔަނުކުރެއްވި ހީނާ މަތީ ތައުލީމު ހާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހީނާ އަދާ ކުރައްވާ މަގާމަކީ ސިޔާސީ ޕާޓީއެއްގެ ވޮލަންޓިއަރ މަގާމެއްނަމަ މުސާރަ ނުނެގިޔަސް އޯކޭ.. ނަމަވެސް މިއީ ރައީސް އޮފީހުގެ މަގާމަކަށްވާތީ މުސާރަ ކަނޑައަޅާ ދެއްވުން އެދެނީ.. އަންހެނުން ބަާރުވެރި ކުރުވަދީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: