ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު މަޖިލީހަށް ބިލްތައް ހުށަހަޅާއިރު އިސްކަންދޭނީ ހަފްތާ ސާދައިގައި ހުށަޙަޅަން ނިންމި ބިލްތަކަށް: ހީނާ

ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަފްތާ ސާދައިގައި ހުށަހަޅަން ނިންމި ބިލްތަކަށް އިސްކަންދީގެން އައު މަޖިލީހަށް ބިލްތައް ހުށަހެޅުމަށް ތައްޔާރުވެފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހަށް އަލަށް އައްޔަންކުރެވުނު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޑރ،މުހައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ  ހަފްތާ ސާދައިގެ ޕްރޮގްރާމްގައި ހިމެނޭ ގިނަ ކަންތައްތަކެއް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުންކަމަށެވެ. އެގޮތުން ހީނާ ފާހަގަކުރެއްވީ ހަފްތާ ސާދައިގެ ތެރޭގައި ހިމެނޭ ޤާނޫންތަކަށް ބޮޑަށް އިސްކަންދީގެން މަޖިލީހަށް ބިލްތައް ހުށަހެޅުމަށް ކަމަށް ހީނާ ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތައް ފެށުމާއި އެކު އެ ބިލްތައް މަޖިލީހަށް ވެއްދުމަށް ބޭނުންވާ އަމަލީ މަސައްކަތްތައް މިހާރުވެސް ފެށާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ބޭނުންވާ 200 އެއްހާ ޤާނޫނު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާކަމަށް ހީނާ ވިދާޅުވިއެވެ. މި ޤާނޫންތަކުގެ އިތުރަށްވެސް އިތުރު ޤާނޫންތައް ހުށަހެޅިގެންދިއުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަފްތާ ސާދައާއި ގުޅުންހުރި ޤާނޫންތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ގުޅުން ހުރި ޤާނޫންތަކާއި، ޖިނާއީ އަދުލުގެ ޤާނޫންތަކާއި، އިޖްތިމާއީ ރައްކާތެރިކަމާއި ބެހޭ ޤާނޫންތަކާއި އަދި ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމުގެ ޤާނޫންތައް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ބިމާއި ބެހޭ ޤާނޫނާއި، ރިއަލް އެސްޓޭޓް ޤާނޫން، އިޖްތިމާއީ ބޯހިޔާ ވަހިކަމުގެ ޤާނޫން، އާބަން ޑިވެލޮޕްމެންޓްގެ ޤާނޫން، ކޮޕީ ރައިޓްސްގެ ޤާނޫންއަށް ވެސް އިސްލާހުތަކެއް ހުށަހެޅުމަށް މަސައްކަތްތައް ކުރެވެމުންދާކަން ހީނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ޕްރިވެންޓިވް ހެލްތް ކެއަރގެ ޤާނޫންއަށް އިސްލާހެއް ހުށަހަޅަން ނިންމާފަވާނެކަމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްފައިވާ އެސްޑީއެފްސީގެ ޤާނޫން އަލުން އައު މަޖިލިސް ފެށުމާއި އެކު ހުށަަހަޅާނެކަމަށް ހީނާ ވިދާޅުވިއެވެ.

ކަފާލާތުގެ ޤާނޫންއަށްވެސް އިސްލާހުތަކެއް ހުށަހެޅުމަށް ނިންމާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.

“އަލަށް އިންތިޚާބުވި މެމްބަރުންނާއި އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ބިލްތައް ތައްޔާރުކުރެވި މަސައްކަތްތައް ވަނީ ފެށިފަ. މީގެ ތެރޭގައި އައު މަޖިލިސް ފެށުމާއި އެކު ހުށަހަޅަން ޖެހޭ މުހިއްމު ބިލްތަކެއް އެބަހުރި، ޚާއްސަކޮށް ހަފްތާ ސާދައިގައި ހުށަހެޅި މުހިއްމު ޤާނޫންތައް އެބަހުރި، މިއީ އެންމެ ބޮޑަށް އިސްކަންދޭ ޤާނޫންތައް” ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވަނީ ނިމިގެންދިޔަ ހަފްތާގެ ތެރޭގައެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕާސަންކަމަށް ހީނާ އައްޔަނު ކުރައްވާފައި ވަނީ، އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާގޮތަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި ހީނާ ހިދުމަތް ކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: