ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ރައްޔިތުންގެ ޖީބަށް ލުއިވާނެ ވަށާޖެހޭ ސިޔާސަތެއް ގެނައުން: ސަރުކާރު

މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ޖީބަށް ލުއިވާނެ ވަށާޖެހޭ ސިޔާސަތުތަކެއް ތަންފީޒު ކުރުން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ނިމިދިޔަ ދައުރުގައި ރައްޔިތުންގެ ޖީބުން އިތުރު ހޭދަތަކެއް ކުރަން ޖެހުމުން ރައްޔިތުންގެ ފަރާތުން އެއައި ކަންބޮޑުވުންތަކުގެ ޝަކުވާތައް ފެންނަމުން ދިޔަ ކަމަށެވެ. ހީނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ވާހަކަ ދައްކަން ބޭނުންފުޅު ނޫން ކަމަށާއި އެހެން ނަމަވެސް ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައީ ކުރީ ސަރުކާރުން އެކުރި ކަންކަން ރަނގަޅުކޮށް އެ ވާހަކަ ނުދައްކާ މިސަރުކާރުން ކަންތައްތަކެއް ކޮށްދޭން ވައުދުވެގެން ކަމަށެވެ.

އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ އަޅުގަމޑުމެންގެ ޖީބަށް ވަންނަ ބައި އިތުރުކޮށްދިނުން. އެހިސާބުން ފެށިގެން ރައްޔިތުން އެ ދައްކަން ޖެހޭ ޓެކްސް ފައިސާ އެއްވިޔަސް އަދި އެ ހޭދަ ކުރަންޖެހޭ ހޭދައަކަށް މާ ބޮޑު ދަތި ތަކެއް ނުވަތަ ތަކުލީފެއް ނާންނާނެ

ހީނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ޖީބަށް ވަންނަބައި އިތުރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހުރި ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި އެކަން ހިމަނާފައި ވާކަމަށް ހީނާ ވިދާޅުވިއެވެ.

އާމްދަނީ ލިބޭނެ ވަސީލަތްތައް ފަހިކޮށްދިނުމާއި، ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމާއި، އެފަދަ ކަންކަމުގެ ތެރެއިން ވަށާޖެހޭ ގޮތެއްގެ މަތިން އެކުއެކީގައި ބައިތައް ކުރިއަށް ގެންދިއުމަށްޓަކައި ނިންމާފައިވާ ނިންމުންތަކެއް ހުރި ކަމަށް ހީނާ ވިދާޅުވިއެވެ. ހީނަ ވިދާޅުވީ އޭރު ޕީޕީއެމް/ޕީއެންސީ އިން ވަކާލާތު ކުރީ ކޮވިޑްގެ ތެރޭގައި، ވަރަށް ބޮޑު ދަތިތަކާއި ރައްޔިތުން ކުރިމަތި ލާން ޖެހިފައިއޮތުމުން ކަމަށެވެ. ހީނާ ވިދާޅުވީ އޭރު ރައްޔިތުންގެ ހާލާތު އޮތްގޮތް ވަރަށް ރަނގަޅަށް ނޫސްވެރިންނަށްވެސް އެންގޭނެ ކަމަށާއި އަދި އޭރު ވަޒީފާތަކުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެފައި ތިބި ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި އެތައް ރައްޔިތެއްގެ ވަޒީފާ ގެންލިގެން ދިޔައިރު އެތައްބައެއްގެ އާމްދަނީ ވަރަށްބޮޑަށް ދަށަށް ދިޔަ ކަމަށާއި އެހެން ކަމުން އެހާލަތުގައި އޮއްވާ އިތުރު ޓެކްސްއެއް ނެގުމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި ވެގެން ދާނެ ކަމެއް ކަމަށް އޭރު ވަކާލާތު ކުރަމުން އައި ކަމަށް ހީނާ ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުގެ އަމާޒަކީ ނުވަތަ ސިޔާސަތަކީ ރައްޔިތުންގެ ޖީބަށް ވަންނަ ބައި އިތުރުކޮށްދިނުމާއެކު، ދެންހުރި ބައިތަކަށްވެސް އެޓެންޑު ކުރެވިގެން ވަށާޖެހޭ ގޮތެއްގެ ތެރެއިން މިކަން ކަން ކުރިއަށް ގެގޮސް އިގްތިސާދު ކޮޅަށްޖެހުން ކަމަށް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: