ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ބެނާތަކުން ފެންނަނީ ބަދަލު ހިފުމުގެ ރާގަކަށް ހުރި އިބާރާތްތަކެއް: ހީނާ

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު --- ފޮޓޯ: އިޔާދު / އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ބޭނާ ތަކުން ފެންނަނީ އެޕާޓީގެ އާމާޒު ހުރީ ގާނޫނު ހަދާ މަޖިލީހަށް މީހުން އިންތިހާބު ކުރަން ނޫން ކަމަށާއި ބެނާތަކުން ދައްކުވައިދެނީ އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ކަންކަން ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ހީނާ ވަނީ އެމްޑީޕީގެ ބެނާތަކާއި ޕޯސްޓަރުތައް ކަނޑައެޅިގެން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާ ހިލާފުވެފައިވާ އިރު، އެ ކަން އިލެކްޝަންސް ކޮމިޝަނަށް ނުފެންނަނީތޯ ސުވާލު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ފޯކަސް ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ބެނާތަކުން ވެސް ފެންނަނީ ބަދަލު ހިފުމުގެ ރާގަކަށް ހުރި އިބާރާތްތަކެކެވެ.

އެ ބޭފުޅުންގެ ސިޔާސަތުތަކެއް ނެތް ފެންނާކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަން ހުރީ އެ ބޭފުޅުންގެ ވެރިކަން ގެއްލުމުން ނުވަތަ ވެރިކަން ބަދަލުވުމުން، އެ ލިބުނު އެއްޗެއް ގެއްލުނީމަ ވީ ތަދުން އެ ރިހުމުގައި އެންޓި ކެމްޕޭން ކުރަމުންދާތަން

ހީނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ވާހަކަ ދައްކަވާ މޭރުމުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. ސިޔާސީ ޕާޓީގެ އިސްލީޑަރަކު ވާހަކަފުޅުދައްކަވަން ޖެހޭ މޭރުމަކުން ވާހަކަފުޅު ދައްކަވާހެން ހީފުޅުނުވާކަމަށް ހީނާ ވިދާޅުވިއެވެ. ދުނިޔޭގައި ހައްދުފަހަނަ އަޅާފައިވާ ބޭފުޅުން އެފަދަ މޭރުމުން ވާހަކަ ދައްކަވާ މަންޒަރު ފެނިވަޑައިގަންނަވާ ކަަމަށް ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން ހީނާ ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުން އެ ބޭފުޅުންނަށް ވަރަށް ސާފު ކަމަށާއި ހުރިހާ ދާއިރާއެއްގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: