ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ވައުދުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓަށް

ރައީސް މުއިއްޒުގެ ވައުދުތަކުގެ ތަފްސީލުތައް ހިމެނޭ ފޮތް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތަ އެކުލެވޭ ފޮތް ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް މަދަރުސާތަކަށާއި، ލައިބްރަރީތަކަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ރައީސް ޑރ މުއިއްޒު ކެމްޕެއިންގެ ތެރޭގައި ދެއްކެވި ވާހަތަކުގެ ތަފްސީލުތައް ހިމެނޭ ފޮތުގެ ޕީޑީއެފްއެއް ލިބޭނެ އިންތިޒާމުތައް ސަރުކާރުންވަނީ ހަމަޖައްސާފައެވެ. “ދިވެހިންގެ ރާއްޖެ” ޝިޔާރުގެ ދަށުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން އެމަނިކުފާނު ވަނީ 53 ދުވަހެއްގެ މަތިން ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާ އެކި ދާއިރާތަކަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައިކަމަށްވާއިރު، އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަތަކާއި ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފޮތެއްގެ ސިފައިގައި ޝާއިއުކުރެވިގެން އައިސްފައިވަނީވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާއި އެއްގޮތަށްކަން ފާހަގަކުރެވެއެވެ.

މިއީ ރާއްޖޭގައި ރައީސް މުއިއްޒުގެ ވައުދުތައް ހިމެނޭ ފޮތް ފަދަ ފޮތެއް ޝާއިއުކުރެވުނު ފުރަތަމަ ފަހަރުކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު ފޮޓޯތައްވެސް ހުންނާނެ މިފަދަ ބޮޑު ފޮތެއްގެ ސިފައިގައި ރައީސަކު ގެންގުޅުއްވާ ތަސައްވުރުތައްވެސް މީގެ ކުރިން ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާއި ހިސާބަށް ވާސިލުކޮށްދީފައިނުވާކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް ޕީޑީއެފްކޮށް ޑައުންލޯޑުކުރެވޭނެ މިފޮތުގެ ކޮޕީތަކެއް ޗާޕުކުރުމަށްފަހު މި މަހުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކަށާއި ރާއްޖޭގެ ލައިބްރަރީތަކަށް ހަދިޔާކުރުމަށް ނިންމާފައިވާއިރު ސުކޫލުތަކަށްވެސް ހަދިޔާކުރާނެކަން ރައީސް އޮފީހުން ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: