ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޓީ އަދި ޑިގިޓަލައިޒޭޝަންގެ ދާއިރާއިން އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއް: ސާޖިދާ

'އިންޓަނެޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ'ގެ 9ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅު.... ފޮޓޯ: ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ނުވަ ވަނަ ‘އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ’ގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވީޑިއޯ މެސެޖެއް ވަނީ ދެއްވާފައެވެ. ވީޑިއޯގެ ޒަރީއާއިން އެކަމަނާ މި މެސެޖު ދެއްވީ ނުވަ ވަނަ ‘އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އެސެމްބްލީ’ ގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ނިއުޔޯކުގައި އ.ދ. ގެ މައި މަރުކަޒުގައި ފެބުރުވަރީ 8-9 ގައެވެ.

މެޑަމް ސާޖިދާ ދެއްވި މެސެޖުގައި ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ހާއްސަ ސަމާލުކަމެއް ދެމުންގެންދާކަމުގައި ވިދާޅުވިއެވެ. އަދި އައިޓީ އާއި ޑިގިޓަލައިޒޭޝަންގެ ދާއިރާއިން ވެސް އަންހުނުން އުތުރު ކުރުމަކީ ސަރުކާރުން ބާރުއަޅާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިގްތިސާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް އެއްހަމައަކުން ފުރުސަތު ކަށަވަރުކުރުމަށް ރައީސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމަކަށް ސާޖިދާ ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރު ގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ދުވަހެކެވެ. މިއީ ސައިންސްގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، މިދާއިރާގައި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ފުރުސަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: