ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސްގެ ޔުގެންޑާ ދަތުރަށް ހަރަދުވީ 9 ލައްކަ ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް މިދިޔަ މަހުގެ 17 އިން 23 އަށް ޔޫގެންޑާ އަށް ކުރެއްވި ދަތުރުފުޅަށް 900،000 ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު އެ ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު، ނަން އެލައިޑް މޫމަންޓު (ނާމް) ގެ 19 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ކުރެއްވި އެ ދަތުރުފުޅަށް ޖުމްލަ 983،032.13 ރ ވަނީ ހަރަދުވެފައިވެ އެވެ.

ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު ޓިކެޓު ހަރަދުގެ ގޮތުގައި 650،847.36ރ. ހޭދަވެފައިވެ އެވެ. އެގޮތުން ބިޒްނަސް ކްލާސް (3 ޓިކެޓު) – 346،657.02ރ. އަދި އިކޮނޮމީ ކްލާސް (7 ޓިކެޓު) – 304،190.34ރ. ޚަރަދުވެފައިވެއެވެ. 

މީގެ އިތުރުން ހުރުމާއި ކެއުން އަދި އެހެނިހެން ހަރަދުތަކުގެ ގޮތުގައި 332.184.77ރ. އެ ދަތުރަށް ހޭދަވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން 10 މީހުންގެ ޕޮކެޓް މަނީ – 95،232ރ ޚަރަދުވެފައިވާއިރު، ކެއުމަށް 48،736.74ރ އަދި ސްޓޮޕްއޯވާއަށް 18،494ރ ޚަރަދުވެފައިވާއިރު، އިންސިޑެންޝަލްއަށް 441.27ރ ޚާރަދުކޮށްފައިވެއެވެ. އަދި އެކޮމޮޑޭޝަންއަށް 169.280.76ރ ޚާރަދުވެފައިވެއެވެ. 

ރައީސް އޮފީހުން ބުނީ އެ ދަތުރުގައި ބައިވެރިވި 10 ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ މެހެމާންދާރީ އެ ގައުމުގެ ސަރުކާރުން ހަމަޖައްސާދެއްވާފައިވާ ކަމަށެވެ. އަދި އިތުރު ދެ ބޭފުޅުންގެ އެކޮމެޑޭޝަން ޚަރަދު ވެސް އެ ގައުމުގެ ސަރުކާރުން ހަމަޖައްސާދެއްވާފައިވާ ކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: