ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ވާހަކަ ދޮގުކޮށް، މުޖުތަމައު ފަސާދަ ނުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އުނދަގޫފުޅު ބޮޑުވެގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ކަމަށް ބުނެ ދެކެވުނު ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

މިކަން ދޮގުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް، ނައިބު ރައީސް ވިދާޅުވީ މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއްކަމަށެވެ.

މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން، ކަމުގެ ހަޤީޤަތް އޮޅުންފިލުވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއްކަމަށް ފާހަގަކޮށް ނައިބު ރައީސް ވަނީ މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: