ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންސްޓްރަކްޝަން ސައިޓުތައް މަސައްކަތްތެރިންނަށް އެކަށޭނެ ތަންތަނަށް ހެދުމަށް ނައިބު ރައީސް ގޮވާލައްވައިފި

މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިން، މުޅި ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންސްޓްރަކްޝަން ސައިޓުތައް މަސައްކަތްތެރިންނަށް އެކަށޭނެ ތަންތަނަށް ހެދުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕެއިން، މުޅި ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ނައްތައިލެވިފައި ވީނަމަވެސް، ފައިލޭރިއާ ފަދަ ބަލިތައް ފެނުމަކީ ރައްޔިތުންގެ ހިތުތެރޭގައި ނުތަނަވަސްކަމެއް އޮވެދާނެކަމެއްކަމަށެވެ. މި ކެމްޕެއިންއަކީ އެކަން ގަބޫލު ކޮށްގެން ހުރިހާ މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކާއި، އާންމު މަދަނީ ޖަމުޢިއްޔާތަކާއި، ރައްޔިތުން ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިންއެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ބަލިތައް ނައްތާލުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ސާފުތާހިރުކަންކަމަށާއި، އެއީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި އެންމެ މުހިންމު އެއް ކަންތައްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިކަމުގައި ވެވޭ ކުޑަ އިހުމާލެއްގެ ސަބަބުން ވަރަށް ބޮޑެތި ކަންކަމާ ކުރިމަތިލާން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެންމެން ދަންނަ ކަމެއް. އެހެންނަމަވެސް ފަރުވާކުޑަކޮށްލެވޭ ކަމެއް. އަޅުގަނޑުމެންނަށް ފަރުދީގޮތުންވެސް ވެވޭ، އަދި ޖަމާޢަތުގެ ގޮތުންވެސް، ނޫނީ އަޅުގަނޑުމެންގެ ތެރޭގައި މި ހުންނަ ރައްޔިތުންނަށް އިސްކަންދީގެން މަސައްކަތްކުރާނެ މުއައްސަސާތަކުންވެސް ވެވޭ ކުޑަ އިހުމާލެއްގެ ސަބަބުން އަޅުގަނޑުމެންނާ ކުރިމަތިލާން އެބަޖެހޭ ވަރަށް ބޮޑެތި ކަންކަމާ.

ނައިބު ރައީސް ވިދާޅުވިއެވެ.

ހެދިފައި ހުރި ގޯސްތަކުގެ ވާހަކަދެއްކުމުގެ ބަދަލުގައި، މުހިންމީ މި ހާލަތުން އަރައިގަތުމަށްޓަކައި އެއްބާރުލުމާއި، އެއްބައިވަންތަކަން ދެއްކުންކަމަށް ފާހަގަކުރައްވާ ނައިބު ރައީސް ވަނީ އަތޮޅުތެރޭގައި ކައުންސިލްތަކާއި، ޞިއްޙީ ފަރުވާދޭ މަރުކަޒުތަކާއި، އަދި އެހެނިހެން އިދާރާތަކާ ގުޅިގެން މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ، އެމަނިކުފާނުގެ ވާހަކައިގައި ކޮންސްޓްރަކްޝަން ދާއިރާގެ ސައިޓުތަކުގެ ސިއްހީ ރައްކާތެރިކަމަށް ވިސްނާލަންޖެހޭކަމަށް ފާހަގަ ކުރައްވާފައެވެ.

މި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން، އިންސާނުން ދިރިއުޅޭނެ ފަދަ އިޖުތިމާޢީ މިންގަނޑަށް ފެތޭނެގޮތަށް އެ ތަންތަން ބެހެއްޓުމަށް. ޚާއްޞަގޮތެއްގައި، ޞިއްޙަތް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތަށް އެއްބާރުލުން ލިބޭނެ ގޮތަށް އެ ކަންކަން ބައްޓަންކުރުމަށް އަޅުގަނޑު ގޮވާލަން. މަދިރި ނައްތައިލެވިފައިވާ ތަންތަނަށް ހެދުމަށްޓަކައި، އާލާ ނުކުރެވޭނެ ގޮތަށް އެ ތަންތަން ބައްޓަން ކުރުމަކީ މުހިންމު ކަމެއް.

ނައިބު ރައީސް ވިދާޅުވިއެވެ.

ގޮވާލެއްވީ މި ތަންތަން އިންސާނުން ދިރިއުޅޭނެ ފަދަ އިޖުތިމާޢީ މިންގަނޑަށް ފެތޭނެ ގޮތަށް ބެލެހެއްޓުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: