ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ހުޅުމާލެ ގޮފިން މުއިއްޒަށް ތާއީދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފީގެ މެޖޯރިޓީ މެންބަރުން އިދިކޮޅުު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކޮށްފިއެވެ.

ޢަދާލަތުޕާޓީ ހުޅުމާލޭ ގޮފީގެ ފޭސްބުކު ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ގޮފީގެ މެޖޯރިޓީ މެންބަރުން ޑރ. މުޢިއްޒަށް ތާއިދުކުރާން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.

އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފިން މި ނިންމުން ނިންމާފައިވާކަން އިއުލާން ކޮށްފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނުނު އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީޕީއާ އެކުގައި އެ ޕާޓީން ހެދި ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ފާސްކޮށްފައެވެ.

އެންޑީއޭއިން އެފަދައިން ނިންމި ނަމަވެސް އަދާލަތު ޕާޓީން ރޭ ކުރި ޓްވީޓެއްގައި ވަނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުންމަތީ އެ ޕާޓީން ސާބިތުކަމާއެކީ ދެމި އޮންނާނެ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 15%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: