ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ގައުމުތަކުގައި ތިބެ ވޯޓުލާން ރެޖިސްޓްރީވީ 1338 މީހަކު!

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރެޖިސްޓްރީކުރުމަށް ބޭރު ގައުމުތަކުގައި ތިބި މީހުންނަށް ހުޅުވާލި ފުރުސަތުގައި 1338 މީހަކުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސްއިން ހާމަކޮށްފައިވާގޮތުން އެޕްރިލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި ވޯޓުލުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ބޭރު ގައުމުތަކުގައި ތިއްބެވި ފަރާތްތަކަށް އެ ފުރުސަތު ފަހިކުރުމުގެ ގޮތުން ރެޖިސްޓްރީގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ބެހެއްޓުމަށް ކަނޑައެޅިފައިވަނީ ޖުމުލަކޮށް 6 ފޮއްޓެވެ.

އީސީން ބުނެފައިވާގޮތުން އިންޑިގާއި ތިއްބެވި މީހުންގެ ތެރެއިން މި އިންތިހާބުގައި ވޯޓުލުމަށް 150 މީހަކު ރެޖިސްޓްރީ ކޮށްފައިވެއެވެ. އަދި މެލޭޝިއާގައި 702 މީހަކު ރީރަޖިސްޓްރީ ކޮށްފައިވާއިރު ލަންކާގައި 306މީހަން ވަނީ ރީރަޖިސްޓްރީ ކޮށްފައެވެ. މީގެއިތުރުން ތައިލެންޑުގައި 16 މީހަކާއި އިނގިރޭސިވިލާތުގައި 124 މީހުންނާއި ޔޫއޭއީގައި ތިބި 31 މީހަކު ރީރަޖިސްޓްރީ ކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މިމާއި ގުޅޭގޮތުން ސަންގުއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރެޖިސްޓްރީ ކުރުމުގެ މަސައްކަތްތައް 6 ގައުމެއްގައި ކުރެވުނު ނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ހަމަވެފައިވަނީ ތިން ފޮއްޓަކަށް ކަމަށެވެ. އެގޮތުން އިންޑިއާ ސްރީލަންކާ އަދި މެލޭޝިއާގައި 150 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފައިވާކަމަށްވުމުން ފޮށިތައް ބެހެއްޓުމުގެ މަގުފަހިވެފައިވާކަމަށާއި ބާކީ ތިން ގައުމުގައިވެސް ބެހެއްޓުމަށް މަސައްކަތްތައް ކުރެއްވިކަން ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލެވިފައިވާކަންވެސް ފުއާދު ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މީޑިއާތަކާއި އެހެނިހެން ޝައުގުވެރިވާ ފަރާތްތަކަށްވެސް ފުރުސަތުގެ ބޭނުން ހިއްޕެވޭނެކަމަށާާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެކަމަށެވެ. އެއީ 19، 20، 21 ވަނަ ދުވެހެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: