ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާތިލް ވޯޓް ގިނަވުމަކީ ނިޒާމާއި ގުޅުންހުރި މައްސަލައެއް ކަމަށް ވެދާނެ: އެޗްއާރުސީއެމް

ފޮޓޯ/އެޗްއާރުސީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ތިން އިންސައްތަ މީހުން ބާތިލަށް ވޯޓް ދީފައިވާ ސަބުބު ހޯދާ ދެނެގަންނަން ޖެހޭ ކަމަށާއި، އެއީ ނިޒާމާއި ގުޅުންހުރި މައްސަލައެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރުސީއެމުން ބުނެފިއެވެ.

އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިމިދިޔަ އިންތިހާބާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގައި ވޯޓް ލީ މީހުންގެ ތިންޕަސެންޓް ބާތިލަށް ވޯޓް ދީފައި ވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އެހެންކަމުން ސަރުކާރާއި މިނިވަން މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކުންވެސް މި ކަމަށް ހައްލު ހޯދަން ނުވަތަ މިކަން ހިނގާފައިވާ ގޮތް ދެނެގަންނަން ޖެހޭ ކަމަށެވެ.

“ސިޔާސީ ޕާޓީތަކުންވެސް މި ކަމަށް ވިސްނައިގެން މިކަމަށް ސްޓަޑީކޮށް ދެނެގަނެ މަސައްކަތް ކުރަންޖެހޭ. ” އެޗްއާރުސީއެމް

ރައްޔިތުންގެ މަޖުލީސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުވެސް ވަރަށް އަވަހަށް އަންނާނެ ކަމަށާއި، އެހެންކަމުން ހުރިހާ މުއައްސަސާއެއް ގުޅިގެން މިކަމަށް ހައްލުހޯދަން މަސައްކަތް ކުރަންޖެހޭ ޖެހޭ ކަމަށެވެ. ބާތިލުވޯޓް އިތުރުވެފައިވުމާއިމެދު ހުރި ބައެއް ކަންތައްތަކަށް ބަލާއިރު ނިޒާމާއި ދޭތެރޭ މީހުންގެ އިތުބާރު ނެތުންވެސް ހިމެނިގެންދާ ކަމަށް ބުނެފައިވެއެވެ.

އެގޮތުތުން ސަބަބެއްކަމަށް އެޗްއާރުސީއެމްއިން ފާހަގަކޮށްފައިވަނީ، ކޮންމެ ފަރާތެއް އިންތިހާބުވީ ނަމަވެސް ނިޒާމަށް އެއްވެސް ބަދަލެއް ނާއަންނާނެތީ އެގޮތަށް ގަބޫލު ކުރޭވެނީ ކަމަށްވުމަކީވެސް، އެކަށީގެންވާ ކަމެއް ކަމަށެވެ. އެއީ ބާތިލަށް ވޯޓް ދީފާނެ ހާލަތެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފަހުބުރާ ދިމާކޮށް ސޯޝަލް މީޑިއާގައިވެސް ބާތިލާ އެއްކޮޅު މޫވްމެންޓެއް ފެނިގެންދިޔަކަމަށާއި، އެހެންކަމުން ވަރަށް ބޮޑަށް އެކަން ހުއްޓުވުމައްޓަކާއި ވިސްނަން ޖެހޭ ކަމަށެވެ. އިލެކްޝަން ކޮމިޝަންއިން ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ޙައްލު ހޯދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުން %87 އަށްވުރެ މަތިމަކަށް އީސީން ފާހަގަކުރެއެވެ. ނަމަވެސް، ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އިސީން ޙައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: