ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރު ދާއިރާގެ ފޮށި އަލުން ގުނަންޖެހޭ ސަބަބެއް އަދި ނެތް: އީސީ

އީސީގެ ރައީސް ފުވާދު ތައުފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވާފަރު ދާއިރާގެ ފޮށި އަލުން ގުނަންޖެހޭ ސަބަބެއް އަދި ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބުވީ 4 ވޯޓުގެ ފަރަގަކުންނެވެ. ވޯޓު ފޮށި އަލުން ގުނުމަށް އެދި އީސީގެ ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލައެއް ވަނީ ހުށައަޅާފައެވެ.

ދުވާފަރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތް:

ޕިއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ: 1،074 ވޯޓު

މިނިވަން ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާން (އިބުއްކޮ): 1،070 ވޯޓު

އެމްޑީޕީގެ ކެންޑިޑޭޓު، މިހާރުގެ މެންބަރު އިސްމާއިލް އަހުމަދު (އިއްސޭ) 579 ވޯޓު

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު: 77 ވޯޓު

މި މައްސަލައާއި ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިހާރު އެ މައްސަލަ ބަލަމުން އަންނަކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ދުވާފަރު ދާއިރާގެ ވޯޓު ފޮށިތަށް ގުނަންޖެހޭ ހާލަތެއް އޮތް ކަމަކަށް އަދި ފާހަގައެއް ނުކުރެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: