ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ 6 ޕާޓީއަކަށް، ޖުމްލަ 44.1 މިލިއަން ރުފިޔާ!

ސިޔާސީ ޕާޓީއެއްގެ ހަރަކާތެއް. ފޮޓޯ: ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟
2024 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާ ބެހިފައިވާގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ. އަދި އެ ފައިސާ ބަހާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، މެންބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ.

މިއަހަރުގެ ބަޖެޓުން ޖުމްލަ ހަ ސިޔާސީ ޕާޓީއަކަށް، 44، މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން:

  1.  އެމްޑީޕީ: 15،101،580.43 ރުފިޔާ
  2.  ޕީޕީއެމް: 10،491،054.20 ރުފިޔާ
  3.  ކޮންގްރެސް ޕާޓީ: 8،167،689.58 ރުފިޔާ
  4.  ޖުމްހޫރީ ޕާޓީ: 5،314،312.83 ރުފިޔާ
  5.  އަދާލަތު ޕާޓީ: 2،547،533.69 ރުފިޔާ
  6.  އެމްޑީއޭ: 2،477،734.28 ރުފިޔާ

ބަޖެޓު ފާސްކުރިއިރު، އަދާލަތު ޕާޓީ އާއި އެމްޑީއޭއަށް 10،000 މެންބަރުން ހަމަވީ ނަމަވެސް ފާއިތުވެދިޔަ އަހަރު ނިމުން އިރު، 10،000 މެންބަރުން ހަމަނުވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: