ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބީ ރައީސް ޑރ.މުޢިއްޒު މިރޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ކުޅުދުއްފުށީގެ އެއާޕޯޓު އިތުރަށް ތަރައްގީ ކޮށްދެއްވާނެކަމަށާއި، އެއާޕޯޓާއި އިންވެގެން އޮތް ބިމުން އިގްތިސާދީ ފައިދާ ހޯދައިދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވި. ފޮޓޯ: މުހައްމަދު އަހުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެ ބައްދަލު ކުރެއްވުން އޮތީ މިރޭ ސޯޝަލް ސެންޓަރުގައެވެ. މިއީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހޮވި ވަޑައިގަތް ފަހުން މުއިއްޒު ރައްޔިތުނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

އެގޮތުން ޕީޕީއެމުން ބުނީ މި ޖަލްސާ އަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.

އެޖަލްސާ ކުރިއަށްދާނީ މިރޭ 8:30 ގައި ކަމަށްވެސް ބުނެފަވެއެވެ. ޑރ. މުއިއްޒު ގެންދަވަނީ އިންތިހަބުގައި އެމަނިކުފާނުވެ ވަޑައިގެންނެވި ވައުދުތައް ފުއްދަވަމުންނެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރައްވާނޭ ކަމަށްވެސް ވައުދުވެ ވަޑައިގެންނެވިއެވެ.

މުއިއްޒު ވަނީ އެ ވައުދު ފުއްދެވުމަށްވެސް ހޮވި ވަޑައިގަތް ފުރަތަމަރޭ ގޮވާލާފައެވެ. އެ ކަމާއި ގުޅިގެން ރައީސް ސޯލިހު ވަނީ ރައީސް ޔާމީން ގެއަށް ދޫކޮށްލައްވާފައެވެ.

މުއިއްޒު މިރޭ ރައްޔިތުނާއި ބައްދަލު ކޮށް ވާހަކަފުޅު ދައްކަވާއިރު، ރައްޔިތުން އެދޭފަދަ ގިނަ ކަންތައްތަކަށް އަލި އަޅުއްވާނެ ކަމަށް ބެލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: