ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިވިނަމަވެސް ރީތި ގޮތުގައި ބަލި ގަބޫލުކުރީތީ ރައީސް ސޯލިހަށް ޝުކުރުދަންނަވަން: އިސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބަލިވިނަމަވެސް ރީތި ގޮތުގައި ބަލި ގަބޫލުކުރައްވާ ޑިމޮކްރެސީގެ ރީތި އުސޫލުތަކުގައި ހިފެއްޓާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރުދަންނަވާ ކަމަށް އިލެކްޝަން ކޮމިޝަން (އިސީ) ބުނެފިއެވެ

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ދާއިމީ ނަތީޖާ އިއުލާންކުރައްވާ އިލެކްޝަނުން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާލުވ،ީ މިފަހަރުގެ ރިޔާސީ އިންތިހާބުން ފެނިގެން ދިޔައީ ޑިމޮކްރެސީގެ ރީތި އުސޫލުތަކާއި ހަމަތައް ކަމަށެވެ. އެގޮތުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރުވެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބެއްގެ މޮޅުވާނީ ކޮންމެވެސް އެއްބަޔެއް ކަމަށާއި، ކޮންމެވެސް އެއް ކެންޑިޑޭޓެއް ކަމަށެވެ. ނަމަވެސް  މިހާތަނަށް ބޭއްވުނު އިންތިހާބު ތަކުގައި އެ އިންތިހާބު ކާމިޔާބު ނުކުރެއްވުމުން ބައެއް ކަހަލަ ތުހުމަތުތައް އީސީއާއި މެދު ކޮށްފައިވާ ކަމަށާއި، އެއާއި ހިލާފަށް މިފަހަރު ފެނިގެންދިޔައީ މުޅިން ތަފާތުކޮށް ކަމަށެވެ.

މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒެވެ. ނަމަވެސް ރައީސް ސޯލިހުވަނީ ދެވަނަ ބުރުން ބަލިވެފައެވެ. އެހެންކަމުން ބަލި ގަބޫލުކުރައްވާ ދެއްކެވި މިސާލަށް ޝުކުރުވެރިވާ ކަމަށާއި، ހާއްސަކޮށް މޯލްޑިވްސް ޑިމޮކްރޭޓިކް ޕާޓީ އެމްޑީޕީގެ ވެރިންނާއި މެމްބަރުންވެސް ޝުކުރުގައި ޝާމިލް ކުރާ ކަމަށެވެ.

“ރައީސް މުހައްމަދު ސޯލިހު އެދެއްކެވީ ޑިމޮކްރެސީގެ ވަރަށް ރީތި މިސާލެއް.” ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވާހަކަފުޅު ދައްކަވަމުން ވިދާޅުުވީ މި ރިޔާސީ އިންތިހާބަކީ އާމާން ކަމާއި އޮމާންކަމާއި، އެކު ކުރިއަށް ގެންދެވުނު އިންތިހާބެއް ކަމަށާއި، ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ދެ ކެންޑިޑޭޓުންގެ ފަރާތުން ފެނުނު ރީތި ނަމޫނާއަށް ޝުކުރުވެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: