ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދު ބަސްތައް ބުނުމާއި، އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލަން ޖެހޭ: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-
ޝެއާރކޮށްލާ ކަހަލަދޯ؟

ޒާތީވުމާއި ބަދުބަސްތައް ބުނުމުން ދުރުވެ ރިވެތި ސިފަތައް އާދަކުރަން ޖެހޭކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދީނީ އިލްމުވެރިންނާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެކަކު އަނެކެއްގެ މެދުގައި އޮންނަން ޖެހޭނީ އުހުވަތްތެރިކަމުގެ ގުޅުންކަމަށާއި، ޒާތީވުމާއި ދެބަސްވެރިކަން އުފެދޭ ފަދަ ވާހަކަތައް ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މުއިއްޒު ވިދާޅުވީ އެއީ ދީނުގައި ވެސް މަނާކުރައްވާފައިވާ ކަމެއްކަމަށާއި، އެއްވެސް ވަރަކަށް އަނެކަކާ ދޭތެރޭ ހަގީގަތް އޮޅޭ ފަދަ ވާހަކަތައް ފެތުރުމާއި، އުނދަގޫ ކުރުމުން ދުރުވެ ތިބެން ޖެހޭ ކަމަށެވެ.

ދުލުގެ ނުބައިކަމުން ސަލާމަތްވުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ގާތަށް ގޮސް ވެރިކަމަށް އެމަނިކުފާނު އިންތިހާބުވެވަޑައިގަތީ ވެސް ޒާތީ ބަސްތައްކާއި، ބަދު ބަސްތައް ނުބުނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް ދުވަހަކު ވެސް ބަދު ބަހެއް ރައްދުކޮށްފައި ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއްވެސް މީހަކަށް ޒާތީއެއް ނުވަން.. މީހަކާ ދިމާލައް އެއްޗެސް ނުބުނަން.. ޒާތީ ވާކަށް ނުޖެހޭ

މުއިއްޒު ވިދަޅުވީ ދިވެހި ގައުމުގެ ދިވެހިވަންތަކަމާއި، ދީނީ ބައެއް ސިފަތައް ނެތެމުންދާކަމަށާއި، އެ ކަންކަން އިޔާދަ ކުރުމަށް މުހިންމު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އަދި ދީން ހިމާޔަތް ކުރުމަށް، ދީނީ ވާހަކަތަކާއި ދީނީ މައުލޫމާތުތައް ދޭން ޖެހޭކަމަށް ވިދާޅުވި އެވެ.

ސިޔާސީ މައްސަލަތައް ދޫކޮށް އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި މުއިއްޒު ވިދާޅުވީ ގައުމީ ބޮޑެތި މައްސަލަތަކުގައި ސަރުކާރާއި އެކު ގުޅިގެން ޔުނިވާސިޓީތަކާއި ކޮލެޖުތަކުން އިލްމު ފޯރުކޮށްދިނުމުގައި މިހާރަށް ވުރެ އެ އަދާކުރާ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި އެމަނިކުފާނުގެ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: