ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރުން “ހަފްތާ 14” ގައި!

އިގްތިސާދީ މެނިފެސްޓޯ އާންމު ކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

މިކަން ހިމަނާފައިވަނީ ރޭ އިފްތިތާހުކުރި “ހަފްތާ 14” ތެރޭގައި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައެވެ.

އޭގެ އިތުރުން މި ބައިގެ ދަށުން ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ޚަރަދެއްކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް، ސިޔާސަތުތައް އެކަށައެޅުން ވަނީ ހިމަނާފައިވާއިރު، އިންވެސްޓްމަންޓް-ޑިވެލޮޕްމަންޓް ބެންކެއް ޤާއިމުކުރުމަށް ބޭނުންވާ ޕޮލިސީ ފްރޭމްވަރކެއް އެކުލަވާލުންވެސް ހިމަނާފައިވެއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް އެސްޑީއެފްއަށް އަލުން ޑޮލަރު ޖަމާކުރާގޮތަށް ބަދަލުކުރުމާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޤާނޫނީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައޚާއްޞަ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުންވެސް ހިމަނާފައިވެއެވެ.

އެމަނިކުފާނުގެ ޒައާމަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި (ޤާނޫނު ނަންބަރު 2013/7) ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މާއްދާތަކެއް ނިމިދިޔސަރުކާރުން ސަސްޕެންޑުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ގައިރު ޒިންމާދާރުކޮށް ފައިސާ ޗާޕުކުރަމުންދިޔަދިޔުން ހުއްޓާލާނެއެވެ. އަދި (ޤާނޫނު ނަންބަރު 2013/7) ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ މާއްދާތަކެއް ނިމިދިޔސަރުކާރުން ސަސްޕެންޑުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ޤާނޫނު އެކީގައި އިޔާދަކޮށްދިނުމަށް ރައްޔިތުންގެ މަޖަލީހަށް ހުށަހެޅާނެއެވެ.

މީގެ އިތުރުން ނިމިދިޔަ ސަރުކާރުން ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފާއާއި އިރުޝާދާ އެއްގޮތަށް، ކުރު އަދި ދިގު ރާސްތާގެ ދަރަނީގެ މިންގަނޑު، ޤައުމީ އިޤްތިޞާދާއި މާލިއްޔަތަށް ބުރޫ ނާރާނެފަދަ މިންވަރެއްގައި ބެހެއްޓުމުގެ ސިޔާސަތެއް އިޢުލާނުކުރުންވެސް ހިމަނާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ނިންމާފައިވާ އަމާޒެެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: