ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުން ހަރަދު ކުޑަކުރަން މުހިންމު ތިން ފިޔަވަޅެއް އެޅުމަށް ނިންމައިފި

ފިނޭންސް މިނިސްޓަރު ޝަފީގް މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 49.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހަރަދު ކުޑަކުރަން މުހިންމު ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގައި ބޭއްވި ބައްދަލުވުމުގައި ޝަފީގް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ހަރަދުގެ ގޮތުގައި ހިންގާނީ 47.3 ބިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރޭގައި ރިކަރަންޓު ހަރަދުގެ ގޮތުގައި ހިނގާ 34.8 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. މި ހަރަދުތަކުގެ އިތުރުން މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 2.2 ބިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިސްކަލް އަދި ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ދައުލަތުގެ ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަ ކުރަން ޖެހޭ އިރު، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް ތަންފީޒު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގައި ހަރަދު ކުޑަ ކުރުމަށް ހިމަނާފައިވާ ކަންކަމަކީ އިންޑައިރެޓްސް ބައެއް ސަބްސިޑީތައް ސަރުކާރުގެ އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވޭ ގޮތަށް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލު ކުރުމާއި އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖައާ ކުރުމާއި ސަރުކާރުގެ ވެލްފެއާގެ ގޮތުގައި އެހީ ދޭ ނިޒާމު ހަރުދަނާ ކުރުން ކަމަށް ވެސް ޝަފީގް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ހަރަދު ކުޑަ ކުރަން ކުރާ މަސައްކަތުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. ވަޒީރު ވިދާޅުވީ 458 ޕީއެސްއައިޕީ މަޝްރޫއަށް މިސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ހުށަހަޅާފައިވާ ކަންކަން ބަޖެޓުން ބޭނުންވާ ޖާގަ މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކޮވިޑް-19 އާއި ގުޅިގެން ދަށަށް ދިޔަނަމަވެސް މިހާރު ކުރީގެ ހާލަތަށް ރުޖޫއަވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް މިހާރު ލަފާކުރެވެނީ 8.7 އިންސައްތަ ކަމަށާއި އަދި އިގްތިސާދީ ކުރިއެރުން ދިގުމުއްދަތުގެ އެވްރެޖް މިންގަނޑަށް ރުޖޫއަވެ 2024 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ 5.5 އިންސައްތައިގައި ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ މިންވަރު އިތުރުވުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ޗައިނާގެ ބޯޑަރު ހުޅުވުމާއެކު އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ފެށުމުން ފަތުރުވެރިކަމަށް ވަނީ އިތުރު ކުރިއެރުމެއް ލިބިފައެވެ. ވަޒީރު ވަނީި އިމާރާތްކުރުމާއި މުއާސަލާތާއި ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ ދާއިރާތައް މިއަހަރާއި މިއަންނަ އަހަރުވެސް ކުރިއަރާނެ ކަމަށް ލަފާ ކުރައްވައިފައެވެ. އަދި ތަކެތީގެ އަގުތަކަށް ބަލާއިރު ބަޖެޓުގައި ހިމަނާފައިވާ ސިޔާސަތުގެ އަސަރު ހިމަނައިގެން އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ބެލެވެނީ 3.9 އިންސައްތައިގައި ކަމަށާއި ބަޖެޓުގައި ހުށަހަޅާފައިވާ ސަބްސިޑީގެ ސިޔާސަތުތައް ތަންފީޒު ކުރުމުން އަންނާނެ ބަދަލުތައް ނުހިމަނާ އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ބެލެވެނީ އެއް އިންސައްތައިގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ އިޤްތިސާދު ކުރިއެރުވުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ވީއައިއޭ މަޝްރޫޢޫ ނިންމުމަށާއި އިޤްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް މަގުފަހިވާނޭ ފަދަ އިތުރު ރީޖަނަލް އެއާޕޯޓްގެ މަސައްކަތް ކުރިޔަށް ގެންދިޔުން ހިމެނެއެވެ. އަދި ވީއައިއޭ ނިންމުމަށް ހާއްސަ އިސްކަމެއް މިސަރުކާރުން ދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުން އިތުރު މަންފާލިބޭނެ ގޮތްތައް ތަނަވަސްކޮށް އެ ސިނާޔަތްތައް ފުޅާކުރުމަށްވެސް މި ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މާލީ ވަޒީރު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 33.5 ކަމަށާއި އެއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށްވުރެ 3.4 އިންސައްތަ އިތުރު އާމްދަނީއެއް ކަމަށެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 15%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: