ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެ އަހަރުތެރޭގައި އެންމެ ބޮޑުވާނީ ދިރިއުޅުމުގެ ހަރަދުގެ މައްސަލަ: ވޯލްޑް އިކޮނޮމިކް ފޯރަމް

ކްލައުސް ޝްވާބް އިކޮނޮމިކް ފޯރަމް އުފެއްދި ފަރާތް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދުނިޔޭގައި އެންމެ ބޮޑުވެގެންދާނީ ދިރިއުޅުމުގެ ހަރަދުތައް އިތުރުވެގެންދިއުމުގެ މައްސަލަކަމަށް ބައިނަލްއަގުވާމީ އިގްތިސާދީ ޖަމާއަތެއްކަމަށްވާ ވޯލްޑް އިކޮނޮމިކް ފޯރަމްއިން ބުނެފިއެވެ.

އެ ޖަމާއަތުންވަނީ ޝާއިއުކޮށްފައިވާ “ގްލޯބަލް ރިސްކްސް ރިޕޯޓު 2023” ގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެގެންދާނެކަމަށް ދާނެކަމަށް ބެލެވޭ އެންމެ ބޮޑެތި ދަތިތައް ހިއްސާކޮށްފައެވެ. އެ ޖަމާއަތުގެ ރިޕޯޓުތައް ބިނާކުރަނީ ކުރާ އެކި ދިރާސާތަކުގެ މައުލޫމާތުގެ މައްޗަށެވެ.

އެ ޖަމާއަތުން ބުނެފައިވާގޮތުން، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް މީހުންނަށް ދަތިތައް ދިމާވެގެންދާނީ ދިރިއުޅުމުގެ ހަރަދުތައް އިތުރުވެގެންދިއުމުގެ ސަބަބުންކަަމަށެވެ. އަދި ދިހަ ވަރަކަށް އަހަރުގެ މުއްދަތަކަށް ބަލާއިރު އެންމެ ބޮޑެތި ދަތިތައް ކުރިމަތިވެގެންދާނެކަމަށް ބެލެވެނީ މޫސުމީ މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފެއިލްވުމުގެ ސަބަބުން ކުރިމަތިވެގެންދާ މައްސަަލަތަކުގެ ދަތިތައްކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދާނެ ކަންކަމަކީ މޫސުމީ ކާރިސާތަކާއި އިޖްތިމާއީ ކާރިސާތައްކަމަށާއި، އެކަންކަން ދިމާވެގެންދާނީ މިހާރުވެސް ހޫނުވަމުންދާ ސަރަހައްދީ މައްސަލަތަކުގެ އިތުރުން އިގްތިސާދީ ޓްރެންޑު ހުރި މިސްރާބުގެ ސަބަބުންކަމަށްވެސް ފާހަަގަކޮށްފައިވެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމުން ބުނެފައިވާގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެންމެ ބޮޑުވެގެންދާނެ މައްސަލައިގެ ގޮތުގައި ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދިއުން ފާހަގަކޮށްފައިވާނަަމަވެސް އެ މައްސަލަ އެންމެ ގޯސްވެގެންދާނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތުގެ ކުރީކޮޅުގައިކަމަށް ލަފާކުރެވެއެވެ.

އެ ޖަމާއަތުން ބުނެފައިވާގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުން ގުދުރަތީ ދިރުންތައް ނެތިދިއުމާއި އިކޯސިސްޓަމް ހަލާކުވެގެންދިއުމަކީ މިހާރު އެންމެ އަވަހަށް ގޯސްވަމުން އަންނަ މައްސަލަކަމަށާއި އެއީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައިވެސް އެންމެ ގޯސްވެގެންދާނެ އެއް މައްސަލަކަމަށް ބެލެވޭއިރު، 10 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑެތި ރިސްކުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ލިސްޓުގެ އެންމެ މަތީ ހަ ޖާގަވެސް ނަގާފައިވަނީ ތިމާވެށްޓާއި ގުޅުންހުރި މައްސަލަތައްކަންވެސް ފާހަގަކުރެވެއެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގޯސްވެގެންދާނެކަމަށް ބެލެވޭ މައްސަަލަކުގެ ލިސްޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން ދިހަ އަހަރުގެ ތެރޭގައި ގޯސްވެގެންދާނެ މައްސަލައެއްގެ ގޮތުގައި ހިމަނާފައިނުވަނީ ހަމައެކަނި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެންދިއުމުގެ މައްސަަލަކަމަށްވާއިރު، ލިސްޓުގައި ހިމެނިފައިވާ މައްސަލަތަކުގެ ތެރޭގައި ސަރަހައްދީ ގޮތުން އިގްތިސާދީ މައްސަލަތައް ދިމާވެ ގައުމުުތައް ދެމެދު ދެބަސްވުންތައް އުފެދިގެންދިއުމާއި، ބައިނަލްއަގުވާމީ އެއްބައިވަންތަކަން ނެތިގެންދިއުމާއި މުޖުތަމައުތައް ބައިބައިވެގެންދިއުމުގެ ބިރު އޮތްކަންވެސް ހިމަނާފައިވެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމް އިން ފާހަގަކޮށްފައިވާ ރިސްކުތަކުގެ ތެރެއަށް އެންމެ ފަހުން ހިމަނާފައިވަނީ ސައިބާރ ކްރައިމްގެ މައްސަލަތައް ގޯސްވެ ރައްކައުތެރިކަން ކަށަވަރުނުވުމާއި، އިހުތިޔާރެއް ނެތި ދިރިއުޅެމުންދާ ސަރަހައްދުތައް ދޫކޮށް ހިޖުރަކުރަންޖެހޭ މައްސަލައެވެ.

ރިޕޯޓު އެކުލަވައިލުމަށްޓަކައި ހެދުނު ދިރާސާތަކުގެ އަލީގައި ވޯލްޑް އިކޮނޮމިކް ފޯރަމުންވަނީ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ފަދަ ތަކެތި ލިބުމުގެ ދަތިތަކާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ މައްލައިގެ އިތުރުން އިންފްލޭޝަން ރޭޓުތައް އަރައިގެންދިއުމާއި ކާބޯތަކެތީގެ ދަތިތައް ކުރިމަތިވުމާއި ސައިބަރކްރައިމްގެ މައްސަލަ އެންމެ ރިސްކު އޮތް ދާއިރާތަކުގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި އެއީ ޖުމުލަގޮތެއްގައި މުޅި ދުނިޔެއަށްވެސް އެންމެ ބޮޑަށް ކުރިމަތިވެގެންދާނެ ދަތިތައްކަމަށްވެސް ލަފާކޮށްފައިވެއެވެ.

އެ ޖަމާއަތުން ބުނެފައިވާގޮތުން ދުނިޔޭގެ ގައުމުތަކުގެ މީޑިއާތަކުން ޝާއިއުކުރަމުންދާ ހެޑްލައިންތަކަށް ބެލުމުން ފެންނަމުންދާ ކަންކަމާއިމެދު ހައިރާން ނުވާކަން ފާހަގަކުރެވޭކަމަށާއި، އެހެންނަމަވެސް ހިއްސާކުރަމުންދާ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށް ބުނެފައިވެއެވެ. އަދި ދުނިޔޭގެ ނިއު ނޯރމަލްއަކީ ކާބޯތަކެއްޗާއި ހަކަތައް އަދި ސަލާމަތީ މައްސަަލަތައް ހައްލުކުރުންކަމަށްވާއިރު، މިއީ ގުޅިފައިވާ ބައިނަލްއަގުވާމީ މުޖުތަމައެއް އޮތް ޒަމާނެއްގައި ހައްލުކުރުމާއި ދިމާލަށް މިސްރާބު ޖެހިފައިވާ މައްސަލަތަަކެއް ކަމަށް ދެކޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް މައްސަލަތައް ގޯސްވެގެންދިޔައީ ސިއްހީ އަދި އިގްތިސާދީ ހީނަރުވުމެއް ގެނުވި ޕެންޑެމިކާއި ޔޫރަޕުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންކަމަށްވެސް ބުނެފައިވެއެވެ. އަދި ގުޅިފައިވާ އިގްތިސާދަށް ލޮޅުމެއް ގެނުވި ކަންކަމުގެ ތެރޭގައި އަސްކަރީގޮތުން ބާރުވެރިވުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި އެފަދަ ޒަމާނީ އަސްކަރީ ވަސީލަތްތައް އުފެއްދުމަށްޓަކައި އޮތް ވާދަވެރިކަންވެސް ހިމެނޭކަމަށްވާއިރު ދައުލަތްތަކުގެ ފަރާތުން ކުރިމަތިވާ ހުރަސްކަތާއި ސަރަހައްދީ ބާރުވެރިކަމާއި ގުޅުންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ދުނިޔޭގެ އިގްތިސާދީ މައިދާނަށް ބޮޑެތި ބަދަލުތައް އަންނަކަމަށެވެ.

އެ ޖަމާއަތުން ބުނާގޮތުން، މިހާރު މިއީ ކުރިއެރުން އަންނަ މިންގަނޑުތައް ދަށް އިންވެސްޓުމެންޓުތައްވެސް ހޯދުމުގައި ދަތި ޒަމާނެކެވެ. އަދި ބަޔަކު މީހުންގެ އެއްބާރުލުންވެސް ހޯދުމުގައި ދަތިތައް ދިމާވެގެންދާއިރު، އިންސާނުން ކުރިއަރަމުންދާތާ އެތަކެއް އަހަރުތަކަކަށްފަހު މިއީ އެ ކުރިއެރުމަށްވެސް މަޑުޖެހުންތަކެއް އަންނާނެ ޒަމާނެއްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: