ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތައް އިސްލާހުކުރުމަށް ވޯލްޑް ބޭންކުން އެހީދެނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އަދި ފިނޭންސް މިނިސްޓަރ އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ޕްރައިވެޓް ކުންފުނިތަކުން ހިއްސާވާ މިންވަރު އިތުރުކޮށް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ވޯލްޑް ބޭންކުން އެހީވުމަށް ނިންމައިފިއެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއެރުވުމަށް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 15 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ވަނީ ނިންމާފައެވެ.

ވޯލްޑް ބޭންކްގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ކޮމްޕެޓިވްނަސް އެންޑް ގްރޯތު ޕްރޮޖެކްޓް ގެ މައިގަނޑު އަމާޒަކީ ސަރުކާރު ކުންފުނިތަކުގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށް ފަސޭހަ ގޮތްތަކެއް އީޖާދުކޮށް ކުންފުނިތަކުގެ ގާބިލްކަން އިތުރުކޮށްދިނުމެވެ.

މޯލްޑިވްސް ކޮމްޕެޓިވްނަސް އެންޑް ގްރޯތް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެގޮތުން މި ޕްރޮޖެކްޓްގެ 7.5 މިލިއަން ޑޮލަރަކީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާއެވެ. އަދި ބާކީ އޮތް 7.5 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ.

ވޯލްޑް ބޭންކްގެ ފަރާތުން ސްރީލަންކާ އާއި ނޭޕާލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑައިރެކްޓަރު ފާރިސް އެޗް ހަދާދު ވިދާޅުވި ގޮތުގައި އެ ވުޒާރާއިން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓް ގެ ސަބަބުން ކުންފުނިތަކަށް ފައިސާ ލިބޭނެ ގޮތްތަކާއި ފުރުސަތުތައް ފަހިވެ އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާނެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ރާއްޖެއިން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ކޮވިޑް19 އަށް ފަހު އިގްތިސާދު ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިދިޔަ އަހަރާއި މިއަހަރު ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: