ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުން 6.5 ބިލިއަން ވަނީ ބޭނުންކޮށްފައި: ފިނޭންސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 2024 ވަނަ އަހަރުގެ ބަޖެޓުން 6.5 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސްއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން ސަރުކާރުންވަނީ ހަރަދުކުރުމަށް ކަނޑައެޅިފައިވާ 13.7 އިންސައްތާއި ގާތްކުރާ އަދަދެއް 47.89 ބިލިއަންގެ ބަޖެޓުން ހޭދަކޮށްފައިކަމަށެވެ. އަދި މިއަހަރުގެ މި މުއްދަތުގެ ނިޔަލަށް ލިބިފައިވާ އާމްދަނީވެސް ހުރީ ދާދި އެއް ވަރެއްގައިކަން ފާހަގަކުރެވެއެވެ.

މި އަހަރު ފެބްރުއަރީ 29 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ 6.5 ބިލިއަންގައި ހުރިއިރު، މި އަދަދުގެ ތެރެއިން 5.7 ބިލިއަނަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީކަން ހިއްސާކޮށްފައިވެއެވެ. އަދި އެހެނިހެން ގޮތްގޮތުން އެ މުއްދަތުގެ ނިޔަލަށް 817.7 މިލިއަން ލިބިފައިވާކަންވެސް ހާމަކޮށްފައިވެއެވެ. ޖުމުލަ ގޮތަކަށް ހަރަދުކޮށްފައިވާ 6.5 ބިލިއަނުން މުސާރަ ދިނުން ފަދަ ކަންކަމަށް 2.18 ބިލިއަން މި އަހަރުގެ ފެބްރުއަރީ 29 ވަނަ ދުވަހުގެ ނިޔަލަށް ހޭދަވިއިރު، 2023 ވަނަ އަހަރުގެ ތެރޭގައި މި މުއްދަތުގެ ނިޔަލަށް މި މަސައްކަތްތަކަށް ހަރަދުކުރީ 1.91 ބިލިއަންކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް އިދާރީ އަދި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް ކޮށްފައިވާ ޖުމުލަ ހަރަދު ކުޑަ ނަމަވެސް ދަތުރުފަތުރު ކުރުމަށްޓަކައި ކޮށްފައިވާ ހޭދަަވަނީ މިދިޔަ އަހަރުގެ 36.5 މިލިއަނުން މި އަހަރު 40.5 މިލިއަނަށް އިތުރުވެފައެވެ.

މާޗު މަހުގެ 5 ވަނަ ދުވަހު ޝާއިއުކޮށްފައިވާ މި ތަފާސް ހިސާބުތަކުގެ ތެރޭގައި ޕީއެސްއައިޕީ މަސައްކަތްތަކުގެ މާލީ ތަފްސީލުތައްވެސް ހިއްސާކޮށްފައިވެއެވެ. އެގޮތުން މިދިޔަ  އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަކޮށް 2.35 ބިލިއަން ހޭދަކުރިއިރު، މި އަހަރުގެ ތެރޭގައި މި އަދަދުވަނީ 836.9 މިލިއަނަށް ކުޑަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: