ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު 14 އާއި ހަމައަށް ބަޖެޓުން ބޭނުންކުރީ 15 އިންސައްތަ!

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 7.5 ބިލިއަނާއި ގާތްކުރާ އަދަދެއް ބަޖެޓުން ބޭނުންކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހިއްސާކުރާ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން ސަރުކާރުންވަނީ މާޗު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރުގެ ހަރަދުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓުގެ 15 އިންސައްތައަށްވުރެ އިތުރު އަދަދެއް ބޭނުންކޮށްފައެވެ.

ފިނޭންސް އިން ބުނެފައިވާގޮތުން މި މުއްދަތުގެ ނިޔަލަށް ކޮށްފައިވާ ޖުމުލަ 7.5 ބިލިއަންގެ ހަރަދުން ބޮޑު އިންސައްތައެއް ހޭދަކޮށްފައިވަނީ މުސާރަ ދިނުން ފަދަ ކަންކަން ހިމެނޭ ރިކަރެންޓް ހަރަދުގެ ގޮތުގައިކަމަށެވެ. އެގޮތުން އެ މުއްދަތުގެ ނިޔަލަށް 6 ބިލިއަނާއި ގާތްކުރާ އަދަދެއް ރިކަރެންޓު ހަރަދުގެ ގޮތުގައި ޖުމުލަކޮށް ހޭދަކޮށްފައިވާއިރު، ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 1.5 ބިލިއަނާއި ގާތްކުރާ އަދަދެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މާޗު 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ ގޮތަކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.24 ބިލިއަންކަމަށްވާއިރު، މި އަދަދުގެ ތެރެއިންް މައި ހިއްސާދާރަކީ ޓެކްސް ފައިސާކަމަށްވާއިރު، ޓެކްސްގެ ގޮތުގައި 6 ބިލިއަން އަދި އެހެނިހެން ގޮތްގޮތުން 1.2 ބިލިއަނަށްވުރެ އިތުރު އަދަދެއް ލިބިފައިވާކަން ހިސާބުތަކުން ދައްކައެވެ.

މުސާރައިގެ ގޮތުގައި މި މުއްދަތުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 2.19 ބިލިއަނާއި ގާތްކުރާ އަދަދެއްކަމަށްވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ހަރަދުކޮށްފައިވާ 2.01 ބިލިއަނާއި ބަލައި އިތުރު އަދަދެކެވެ. އިދާރީ އަދި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް 3.7 ބިލިއަނަށްވުރެ އިތުރު އަދަދެއް ހޭދަކޮށްފައިވާއިރު، މި ދާއިރާއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ގްރާންޓު އަދި ސަބްސިޑީ ދިނުން ފަދަ މަސައްކަތްތަކަށެވެ. ދަތުރު ހަރަދުގެ ގޮތުގައި 47.3 މިލިއަން މި މުއްދަތުގެ ނިޔަލަށް ހޭދަކޮށްފައިވެއެވެ.

ކެޕިޓަލް އެކްސްޕެންޑިޗާ މިދިޔަ އަހަރާއި އަޅާ ބަލާއިރު، ބޮޑުތަނުން ކުޑަކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުންވަނީ އެ މަސައްކަތްތަކަށް 3.25 ބިލިއަން ހޭދަކޮށްފައިކަމަށްވާއިރު، މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް ހޭދަކޮށްފައިވަނީ 1.46 ބިލިއަންކަން ފާހަގަކުރެވެއެވެ. އަދި މިދިޔަ އަހަރު މި މުއްދަތުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 2.7 ބިލިއަނާއި ގާތްކުރާ އަދަދެއް ހޭދަކުރި އިރު މި އަހަރު މިހާތަނަށް ހޭދަކުރީ 1 ބިލިއަނާ ގާތްކުރާ އަދަދެއްކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: