ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައާއި އުޖޫރަ އަދި ޕެންޝަނަށް ކުރާ ހަރަދުތައް އިތުރު: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މުއައްޒަފުންނަށް މުސާރަ ދިނުމުގެ ގޮތުން ކުރާ ހަރަދުތައް އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހިއްސާކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުގައި އެ މިނިސްޓްރީއިންވަނީ އެޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ކޮށްފައިވާ ހޭދައިގެ ތަފްސީލާއި މާލީ ހާލަތުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން ސަރުކާރުންވަނީ މިހާތަނަށް ޖުމުލަ ބަޖެޓުގެ 25 އިންސައްތައަށްވުރެ އިތުރު އަދަދެއް ބޭނުންކޮށްފައެވެ. އެގޮތުން 11.86 ބިލިއަން ބޭނުންކޮށްފައިވާކަމަށާއި އެ އަދަދުގެ ތެރެއިން 9.18 ބިލިއަންއަކީ ރިކަރެންޓު ހަރަދުތައް ކަމަށްވެސް ބުނެފައިވެއެވެ. ފިނޭންސްއިން ހިއްސާކޮށްފައިވާ މައުލޫމާތުން ދައްކާގޮތުން މި އަދަދަކީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ކުޑަ އަދަދެކެވެ. މިދިޔަ އަހަރުގެ އެޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށް ރިކަރެންޓް ހަރަދުގެ ގޮތުގައި 9.42 ހޭދަކޮށްފައިވެއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން މުސާރައާއި އުޖޫރައިގެ އިތުރުން ޕެންޝަންގެ ގޮތުގައި ހަރަދުކޮށްފައިވަނީ 3 ބިލިއަނާއި ގާތް އަދަދެއްކަމަށްވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި މި އަހަރުތައް އިތުރުވެފައިވާކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 3.3 ބިލިއަނާއި ގާތްކުރާ އަދަދެއް ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުންތެރިކަމަށް ހޭދަކޮށްފައިވާ އަދަދު މި އަހަރުވަނީ ކުޑަވެފައެވެ. މި އަހަރުގެ ތެރޭގައި ހޭދަކުރީ 5.76 ބިލިއަންކަމަށްވާއިރު މިދިޔަ އަހަރުގެ ތެރޭގައި މިކަމަށް 6.31 ބިލިއަންގެ ހަރަދެއް ކޮށްފައިވެއެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި މި އަހަރުގެ އެޕްރިލް 18ގެ ނިޔަލަށް ހޭދަކުރީ 2.73 ބިލިއަންކަމަށްވާއިރު 2023 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ސަރުކާރުން ކެޕިޓަލް ހަރަދުގެ ގޮތުގައި 4.86 ބިލިއަންގެ ހަރަދެއް ކޮށްފައިވެއެވެ. މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޖުމުލަ ހަރަދުތައް މިދިޔަ އަހަރާއި އަޅާ ބަލާއިރު 16.95 އިންސައްތަ ކުޑަކަން ފާހަގަކުރެވެއެވެ. މި އަހަރުގެ މިހާތަނަށް ހަރަދުކުރީ 11.86 ބިލިއަންކަމަށްވާއިރު މިދިޔަ އަހަރު މި މުއްދަތުގެ ނިޔަލަށް 14.28 ބިލިއަން ހޭދަކޮށްފައިވެއެވެ.

މި އަހަރުގެ އެޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި މި މުއްދަތަށް ލިބުނީ 10.40 ބިލިއަންކަމަށްވާއިރު މި އަހަރު ލިބިފައިވަނީ 10.59 ބިލިއަނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: