ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ޑރ މުއިއްޒު ރައީސްކަމަށް ހުވާކުރާނެ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާކުރައްވާނެއެވެ.

ޑރ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ގައުމުތަކުގެ އިސްވެރިންވެސް ބައިވެރިވާނެއެވެ. ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 16:45 ގައެވެ. ޑރ މުއިއްޒުގެ ނައިބުރައީސްގެ މަގާމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނަވައި ވާދަކުރެއްވި ހުސައިން މުހައްމަދު ލަތީފްވެސް ހުވާކުރައްވާނެއެވެ. ހުވާކުރެއްވުމަށްފަހު އައު ރައީސުލްޖުމުހޫރިއްޔާ ތަގުރީރުކުރައްވާނެއެވެ.

ޑރ މުއިއްޒު އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ހުވާކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ ރައީސް އޮފީހުގައެވެ. އެއަށްފަހު ރައީސް އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނުކުރާ މީހުންނަށް ފަތްކޮޅު އެރުވުންވެސް މިރޭގެ ވަގުތުތަކުގައި ކުރިއަށް ގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: