ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިހާބުގައި އަދާލަތުން 5 ދާއިރާއަކަށް ވާދަކުރާނެ!

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް ދާއިރާއަކަށް ވާދަކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

ރޭ ބޭއްވި އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަސް ދާއިރާއަކަށް ވާދަކުރުމާ މެދު މަޝްވަރާ ކުރެވުނުކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.  މިކަމާމެދު ގޮތެއް ނިންމުމުގެ ކުރިން ގޮފިތަކާއި ދާއިރާތަކާއި އިތުރަށް މަޝްވަރާ ކުރުމަށްވެސް އެއްބަސްވެވުނުކަމަށް ޕާޓީއިން ބުންޏެވެ.

ނަމަވެސް ވާދަކުރަނީ ކޮން ފަސް ދާއިރާއަކަށްކަމެއް ހާމައެއް ނުކުރެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ އެއް މެންބަރަކު ހުންނެވިއިރު، މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ އެއްވެސް މެންބަރަކު ނެތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: