ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ފެންނާނީ ނަމޫނާ މަޖިލީހެއް، ނަތީޖާ ނެރޭނީ އިހުލާސްތެރި މަސައްކަތުން: އިއްސެ

ފޭދޫ އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އިސްމާއިލް ނިޒާރު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތުމަކީ ޖަވާބުދާރީ ނުކުރެވޭނެ ސަބަބެއް ނޫންކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިހުލާސްތެރިކަމާއި އެކު ނަތީޖާ ނެރޭނެކަމަށް ފޭދޫ އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.

އައު ދައުރަކަށް އިންތިހާބުވި ރައްޔިތުންގެ މަޖިލިސް މެމްބަރުން މި މަހުގެ ފަހުކޮޅު ހުވާ ކުރުމަށް ހަމަޖެހިފައިވާއިރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ ސުޕަ މެޖޯރިޓީއާއި އެކު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާ ކުރެވޭނެ ތޯ އެވެ. 93 ދާއިރާއެއްގެ ތެރެއިން ސަރުކާރަށް ލިބުނު ގޮނޑީގެ އަދަދު މިހާރު 76 އަށް އަރަ އެވެ. އަދި އަމިއްލަ ގޮތުން ހޮވި، ޕީއެންސީއަށް ސޮއި ނުކުރާ މިހާރު ތިއްބެވީ ބާކީ 4 މެމްބަރުން ނަމަވެސް އޭގެ ތެރޭގައި ޕާޓީގެ ދަފްތަރުގައި ނަން އޮތް ބޭފުޅުން އެބަތިއްބެވެ.

އިންތިހާބުގެ ކާމިޔާބީއަށް ފަހު މުލިއާގޭގައި އިންތިހާބީ މެމްބަރުންނާއި އެކު އޮތް ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރާއި އެކު 81 މެމްބަރުން ތިބޭނެ ކަމަށެވެ. އެއީ އެމްޑީޕީގެ 12 މެމްބަރުން ނުހިމަނައި، މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ނިޒާރު ވިދާޅުވީ، ރަނގަޅު ނިޔަތެއްގައި ކުރާ މަސައްކަތެއްގައި އިހުލާސްތެރިކަން ފެންނާނެ ކަމަށެވެ. ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ތަރައްގީއަށާއި، މެނިފެސްޓޯ ތަންފީޒު ކުރުމަށްކަމަށްވުމާއި އެކު އެކަމަށް މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ނިޒާރު ވިދާޅުވި އެވެ.

މަޖިލީހުގައި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް އެއީ ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ އަޑު ނީއްވޭނެ ސަބަބެއް ނޫންކަމަށާއި މިއީ އެއަށް ވުރެ ނަތީޖާ ނެރެދޭނެ ސަރުކާރެއްކަމަށް ނިޒާރު ވިދާޅުވި އެވެ.

ފުރަތަމަ ކަމަކަށް އަޅުގަނޑު ގަބޫލު ކުރަނީ މިއަދުގެ ސަރުކާރަކީ އިހުލާސްތެރި ސަރުކާރެއްކަމަށް… ކުރަމުން ގެންދާނީ ރައްޔިތުންނަށް ބޭނުންތެރި މަސައްކަތެއްކަމަށް… ރާއްޖޭގެ ތަރައްގީއަށް އަޅުގަނޑުމެންގެ މިއަދުގެ ރައީސްގެ ހުރި ކަންތައްތަކެއްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް އެހީތެރިކަމުގެ އަތެއް ދިނުމަށް އަޅުގަނޑުމެން މިއައީ.. އެހެންވީމަ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް.. ބަހުގެ މާނައިގައި ބުނެވޭނީ އެކަން ކުރެވޭނެ އޭ.. ސަރުކާރު ޖަވާބުދާރީ ކުރުވަން ނެތޭ ހުރަހެއް..

މީގެއިތުރުން ނިޒާރު ވިދާޅުވީ އައްޑޫގެ ރައްޔިތުން ހާއްސަ ގޮތެއްގައި ރައީސް މުއިއްޒަށް މެޖޯރިޓީ ދިނީ ސަބަބުތަކެއް އޮވެގެން ކަމަށެވެ. ޒަމާނުއްސުރެ ފެށިގެން އައްޑޫގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ނަގަމުން އައިއިރު ސީދާ ރައްޔިތުން ބޭނުންވި މިންވަރަށް ބަދަލު ފެންނާން ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ ކުރެވިފައި ހުރި ރަނގަޅު މަސައްކަތްތައް ބަލައިނުގަންނަ ސަބަބެއް ނޫންކަމަށާއި ރައްޔިތުން ބޭނުން ވަނީ ބަދަލަކާއި ތަރައްގީކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ނިޒާރު ފާހަގަކުރެއްވީ ރަނގަޅު ވަޒީފާގެ ފުރުސަތުތައް އުފެއްދޭނެ ގޮތެއް ނެތުމެވެ. ފަތުރުވެރިކަމުގެ ރިސޯޓުތައް ހުއްޓުމެއްގައި އޮތުމާއި، އެއާޕޯޓު ވެސް ތަރައްގީ ނުކުރެވި އޮތުމުން ޒުވާނުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް ކެމްޕެއިންގެ ދުވަސްވަރުގެ ތެރޭގައި ލިބުނުކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ސަރުކާރުން އެކަން ހައްލު ކުރާނެކަމަށާއި، ރައީސް މުއިއްޒު ރައްޔިތުންގެ އަޑުއަހައި އެ ބަދަލު ގެންނަނަވާނެ ކަމަށެވެ.

ވަޒީފާގެ ފުރުސަތުތައް.. ހަމަ ގިނަ ޒުވާނުންތަކަކަށް… ވަޒީފާ އެބަ ބޭނުންވޭ.. ވަޒީފާ ހޯދަން.. ވަޒީފާ ނުލިބި ތިބި ކުދިން އެބަތިބި.. ވަޒީފާ އެކުދިންނަށް ލިބުނީމައި، އަމިއްލަ މަސައްކަތައް ފެށި އިގްތިސާދަށް އޭގެ މަންފާ ކުރާނެ.. އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދެވެން އޮތް މިންވަރަކުން އަޅުގަނޑު އެހީ ފޯރުކޮށްދޭނަން..

މީގެއިތުރުން ނިޒާރު ވިދާޅުވީ، އޭނާ ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ އަބަދުވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން، ދާއިރާގެ ރައްޔިތުންނާއި ވީހާވެސް ގިނައިން ބަދަލު ކުރާނެކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ފޭދޫ ދާއިރާގެ ރައްޔިތުން އޭނާއަށް ކުރި އިތުބާރު އަބަދުވެސް ދަމަހައްޓާނެކަމަށާއި، ނަމޫނާ މެމްބަރަކަށް ވެ ރައްޔިތުންނަށް ވި ވައުދުތައް މަތީން ހަނދާން ހުންނާނެ ކަމަށެވެ. އެހެންކަމުން އޭނާ ވެސް ރައްޔިތުންގެ ކިބައިން އެދެނީ ހިޔާލު ދެގޮތްވާ ވަގުތުތަކުގައި ވެސް، މަޝްވަރާކޮށް ކަންކަން ހައްލުކޮށްގެން މަސައްކަތް ކުރުމަށްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: