ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރާ ދާއިރާއަށް ރައީސް ޔާމީންގެ ތާއީދު ރުލާއަށް!

ހުރާ ދާއިރާއަށް ޥާދަކުރައްވާ ރައީސް ޔާމީންގެ ތާއީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކ. ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އާމިނަތު ރުޢްލާ އަހުމަދު (ރުލާ) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރައްވައިފި އެވެ.

މާދަމާ އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރާ ރުލާއަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެމްބަރެކެވެ. ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން އުފައްދާ ޕީއެންއެފްގެ މަޖިލިސް ކެމްޕެއިން ހަރަކާތް އެންމެ ފުރަތަމަ ވެސް ފެށިގެން ދިޔައީ ހުރާ އަދި ހިންމަފުށިންނެވެ.

ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު ހައިކޯޓުން މިނިވަންވި ރައީސް ޔާމީން ވަނީ މަޖިލީހަށް ވާދާކުރާ ޒުވާން ކެނޑިޑޭޓުން އެންޑޯސް ކުރައްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވަނީ ރުލާ ވެސް އެންޑޯސް ކުރައްވައި، އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެކަން ހާމަކުރައްވާފަ އެވެ.

މި ދާއިރާއަށް ކުރިމަތިލުމަށް ނިންމި މައިގަނޑު ސަބަބެއްކަމަށް ރުލާ ވިދާޅުވީ، ދާއިރާގެ ރަށްތަކަކީ ގައުމީ ތަރައްޤީއަށް މުހިންމު އަދި ލޯކަލް ޓުއަރިޒަމަށް ބޮޑު ހިއްސާއެއް ކުރާ ރަށްތަކަކަށްވެފައި ވޭތުވެދިޔަތަނުގައި އަންނަންޖެހޭ ތަރައްޤީ ގެނެވިފައި ނުވާތީ އެވެ. އަދި ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ދާއިރާގެ ތަރައްގީއަށް ވަކާލާތުކޮށް ހެޔޮ ބަދަލު ދައްކާނެކަމުގެ ފުރިހަމަ ޔަޤީންކަން ރުލާ ދެއްވިއެވެ.

ހުރާ، ހިންމަފުށި އަދި ގުޅި، މި ތިންރަށުގެ ތެރެއިން ވޯޓު ލެވޭ އާބާދީ އެންމެ ބޮޑު އެއް ރަށަކީ ހިންމަފުއްޓެވެ. ހިންމަފުއްޓަކީ ރުލާގެ މާމަ ނިސްބަތްވާ ރަށެވެ. އެކަން ފާހަގަކޮށް ރުލާ ވިދާޅުވީ މިހާރުވެސް ހިންމަފުށީގައި ވިޔަފާރިތައް ބިނާކުރަމުންދާ ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް އެ ވިޔަފާރީގެ އަލީގައި މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ވިދާޅުވިއެވެ. މިކަންކަން ހާސިލް ކުރަން ކެރޭނެކަމާއި، ކުރާނެކަމަށާއި، ފުރިހަމަ ގާބިލްކަން އޭނާގެ ކިބައިގައި ހުރިކަމަށް ވެސް ރުލާ ވިދާޅުވެފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: