ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިދޫ ދާއިރާގެ ދިރުމަށް އަލީ ޒާހިރު!

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަންވެސް އަދާ ކުރައްވާފައިވާ އަލީ ޒާހިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

އަލީ ޒާހިރުއަކީ މިއަދު ސިޔާސީ މައިދާނުގައި އާ ނަމެއް ނޫނެވެ. ޝަރުޢީ އަދި ގާނޫނީ ދާއިރާއިން ކިޔާ ވިދާޅުވެފައިވާ އަލީ ޒާހިރު ވަނީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް އަދާ ކުރައްވާފައެވެ. މީގެ ކުރިން ރާއްޖޭގައި އޮތް އެމްޑީޕީގެ ވެރިކަމާއިއެކު، ކޯލިޝަން ހެދި ހަތަރު ޕާޓީގެ ތެރެއިން އެއް ޕާޓީކަމަށްވާ އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސްމެއެވެ.

ޏ. ފުވައްމުލަކު މާހުގޭ ޢަބްދުލް މަންނާނާއި އައިޝަތު ފަހީމާއަށް ލިބިވަޑައިގެން އަލީ ޒާހިރު ފަށާ ތަޢްލީމް ހާސިލް ކުރެއްވީ ފުވައްމުލަކު ދޫޑިގަން އަވަށު މަކްތަބުންނެވެ. އެއަށްފަހު ޏ އަތޮޅު ތަޢްލީމީ މަރުކަޒުން ޕްރައިމަރީ ސްޓޭޖް ތައުލީމު ހާސިލް ކުރެއްވުމަށްފަހު، ވެރިރަށް މާލެއަށް ހިޖުރަކޮށް އަރަބިއްޔާ ސްކޫލާއި ގުޅިވަޑައިގެން މެދުމަދަރުސީ ތަޢްލީމް ޙާސިލް ކުރެެއްވިއެވެ. އަދި ސާނަވީ ތަޢްލީމާ ދީނީ ޢިލްމު އުގެނި ވަޑައިގަތުމަށް 1999 ވަނަ އަހަރު އަލީ ޒާހިރު ޕާކިސްތާނަށް ފުރައިވަޑައިގަތެވެ.

ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ލިބިވަޑައިގެންނެވި ސްކޯލަރޝިޕެއްގެ ދަށުން ތައުލީމު ހާސިލް ކުރެއްވީ، ސައުދީ އަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އެގޮތުން 2009 ވަނަ އަހަރު މަދީނާ ޔުނިވަރސިޓީ އިން ޝަރީޢާ (އިސްލާމިކް ލޯ) އިން ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، ކުއަލަލަމްޕޫރުން ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓަފްކަން 2018 ގައި އަލީ ޒާހިރުއާއި ހަވާލުކުރެއްވުން.

ޒާހިރު ސިޔާސީ ހަޔާތް ފެއްޓެވީ 2009 ވަނަ އަހަރު، އަދާލަތު ޕާޓީގައެވެ. އެ ޕާޓީގެ ކައުންސިލްގައި މަސައްކަތް ކުރައްވަމުންނެވެ. ޕާޓީގެ ހީވާގި މެންބަރެއްގެ ގޮތުގައި ދެމިހުރެ، ގައުމީ އަދި ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި އަލީ ޒާހިރު ވަނީ ޕާޓީ ތަމްސީލު ކުރައްވާފައެވެ. 2010 ވަނަ އަހަރު، އަލީ ޒާހިރު ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ގައުމީ ހިދުމަތުގައި އެހެނިހެން މުހިންމު އެތައް ދައުރުތަކެއް އަދާކުރެއްވިއެވެ. އެގޮތުން 2010 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވިއެވެ.

އަދާލަތު ޕާޓީގެ ލީޑަރޝިޕާއި ހަވާލުވެވަޑައިގެންވެސް އަލީ ޒާހިރު ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެއީ އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުރި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރުކުރެވުމާއި ގުޅިގެންނެވެ.

އަލީ ޒާހިރު އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި.

އަލީ ޒާހިރު ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ރާއްޖޭގެ ބައެއް ހައި ޕްރޮފައިލް ބޭފުޅުންވެސް ތަމްސީލު ކުރައްވާފައެވެ. އޭގެ ތެރޭގައި އިމްރާން އަބްދުالله، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފަދަ ބޭފުޅުން ހިމެނެއެވެ.

އަލީ ޒާހިރަކީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރެއްވި މަސައްކަތުގައި އިސް ރޯލެއް އަދާ ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. އަދި 2018 ވަނަ އަހަރު އުފެދުނު ސަރުކާރު ގެނައުމުގައި އަލީ ޒާހިރު އިސް ރޯލެއް އަދާ ކުރެއްވިއެވެ.

އަލީ ޒާހިރު ވަނީ ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، އިންސާފަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. އެނާ ވަނީ ދަރުސްތައް ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ. ޒާހިރަކީ އައިޑިއަލް ސްކޫލް ކިޔާ ކުޑަކުދިންގެ ތައުލީމީ މުއައްސަސާއެއްގެ ކޯ ފައުންޑަރ އަދި ކުރީގެ ބޯޑު މެމްބަރެއްވެސްމެއެވެ.

އަރަބި، އިނގިރޭސި، އުރުދޫ، ހިންދީ، އަދި މާދަރީ ބަސް ކަމަށްވާ ދިވެހިން ފަރިތަކަމާއެކު ވާހަކަ ދައްކަން އެނގޭ އަލީ ޒާހިރު ޝައުގުވެރިވާ ދާއިރާތަކުގެ ތެރޭގައި ސްކޫބާ ޑައިވިން، ބޭރުދުނިޔޭގެ ޚަބަރުތައް ދިރާސާކުރުން، އެޑްވާންސްޑް ޓެކްނޮލޮޖީ، އަދި ރިސާޗް އެންޑް އެނަލިސިސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: