ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ، ރައީސް ނަޝީދަށް: ރައީސް ސާލިހު ޒުވާންކަން ދައްކަން އިސްތަށިފުޅުގައި ކުލައެއް ނުޖައްސަވާނެ!

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާޙިރު، އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެ ޕާޓީއިން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

ރޭ ދަ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޒާތީ ހަޔާތްޕުޅަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ސާލިހަކީ “ހެނދުނު މުށެއް ފުރާ ބޭސް ކާ” ބޭފުއްކަމަށާއި، އަދި ރައީސް ސާލިހާއި ހިލާފަށް އެމަނިކުފާނުގެ “ހިތުގައި ހަތަރު ސްޓެންޓް ލައްވާފައެއް ނެތް” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވެރިކަމަކީ ޒުވާން އުމުރުގެ ދުވަސްވަރުގައި ކުރެވޭކަމެއްކަން މިހާރު ވިސްނިވަޑައިގަންވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ސާލިހު މުސްކުޅިވެއްޖެކަމަށްވެސް ވިދާޅުވެފައެވެ.

އެ ޙާލަތުގައި ގައުމު ބިނާ ކުރުމުގެ އާ ވިސްނުންތަކާއި ޕްލޭނުތައް ނުނެރުއްވުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ސާލިހަށް ގޮވާލައްފާއެވެ.

މި ވާހަކަތައް ރައްދުދެއްވާ އަލީ ޒާހިރު ވިދާޅުވީ ރައީސް ސާލިހަކީ ދުވާލަކު ދެގޮތަކަށް ވާހަކަދައްކަވާ ބޭފުޅެއް ނޫންކަމަށާއި، “ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ” ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލަން ހިޔާލީ ވައުދުތަކާ، އުންމީދުތަކެއް ރައީސް ސާލިހު ނުދެއްވާނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ފެއިލްވެފައިވާ ސިޔާސީ ބޭފުޅުން ދައްކަވާފަދަ ވާހަކަތައް ރައީސް ސާލިހު ނުދައްކަވާނެކަމަށާއި، ވީ ވައުދުތައް ރައީސް ސަލިހު ހުންނާނީ ފުއްދަވާފައިކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް ސާލިހު މުސްކުޅިވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ ރައްދުދެއްވާ އަލީ ޒާހިރު ވިދާޅުވީ ނަމަވެސް ޒުވާންކަން ދައްކަން ރައީސް ސާލިހު އިސްތަށިފުޅުގައި ކުލައެއް ނުޖައްސަވާނެކަމަށެވެ. ރައީސް ސާލިހަކީ މަތި އޮމާންކޮށްގެން އުޅުއްވާ ބޭފުޅެއް ނޫންކަމަށް ދޭހަކޮށް، އަލީ ޒާހިރު ވިދާޅުވީ ރައީސް ސާލިހަށް ޑިމޮކްރަސީ ހަޖަމްވާނެކަމަށެވެ. ބެލެވޭ ގޮތުގައި އަލީ ޒާހިރު އެހެން އެ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ލިބުން ބޮޑު ނާކާމިޔާބީ ގަބޫލުކުރެއްވުމަށް ރައީސް ނަޝީދު ދެކޮޅު ހެއްދަވާފައިވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: