ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއަށް ބާރު ދިން ވަރަކަށް އެ ބާރުތައް ލައްވަނީ މުށުތެރެއަށް: ރައީސް ސާލިހު

އެމްޑީޕީ ގައުމީ މަޖުލީހުން ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް ބާރު ދިން ވަރަކަށް އެ ބާރުތައް ލައްވަނީ މުށުތެރެއަށްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަޖިލީސް އިންތިހާބަށް އެމްޑީޕީއިން “ހަމަ މަގަށް” މި ނަމުގައި ކުރަމުންދާ ކެމްޕެއިންގެ ތެރެއިންނެވެ. ތ. ކިނބިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި ރައީސް ސާލިހު ވިދާޅުވީ، މިއީ ދޮގު ހަދައި، އޮޅުވާލައިގެން ވެރިކަމަށް އައި ސަރުކާރެއްކަމަށެވެ.

ވަގުތާއި، ބާރުތައް ދިން ވަރަކުން މި ސަރުކާރުން ގެންދާނީ އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ. މި ސަރުކާރުން ގެންދަވަނީ ވަޒީފާގެ ބިރު ދައްކަމުންމަށްވެސް، އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ހިތަށް އެރީމައި ހިތަށް އެރި މުވައްޒަފަކު ކަނޑާލަނީ، މިކަންތައްތައް އެބަޖެހޭ ހައްލު ކުރަން. އެ ބިރުވެރިކަމުން ގައުމު އެބަޖެހޭ ސަލާމަތް ކުރަން.

ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އެއްވެސް މިންވަރަކަށް ވަޒީފާގެ ބިރު ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީސް ގޮނޑިތަކަށް މެންބަރުން ކަނޑައެޅުމުގައި ސަމާލުވާން ޖެހޭކަމަށް ރައީސް ސާލިހު ވިދާލުވިއެވެ. އެގޮތުން މަޖިލިސް އެކީ ޕީޕީއެމްއަށް ދީފި ނަމަ އިއާދަ ވާނީ ބިރުވެރި ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: