ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ހެދުނީ ގޯހެއްކަން ރައްޔިތުންނަށް އެނގެން ފަށައިފި: ރައީސް ސާލިހު

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ޕީއެންސީއަށް ވޯޓުދިނުމަކީ ހެދިފައިވާ ގޯހެއްކަން މިހާރު ރައްޔިތުންނަށް ގަބޫލުކުރެވެން ފަށައިފިކަމަށާއި އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވަނީ ހެދިފައިވާ ގޯސް ރަނގަޅުކުރުމަށްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން އައްޑޫ ސިޓީގެ ފޭދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްވަމުން ރައީސް ސާލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކުރިމަތިލިއިރު ވޯޓު އޮންނާނެ ދުވަހާއިމެދުވެސް ޝައްކު އުފެދިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިދިޔަ މަހުގެ 19 ވަނަ ދުވަސްކަމެއް 21 ވަނަ ދުވަސްކަމެއް ނޫނީ އެޕްރިލް މަހުގެ ތެރޭގައިކަމެއްވެސް ޔަގީން ނުވާކަމަށާއި މި ހިސާބަށް އާދެވިފައިވަނީ އެފަދަ ސުވާލުމާކުތަކެއްގެ ތެރޭގައި ތިބެކަމަށް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެމްޑީޕީއިން ތިބީ ކޮންމެ ދުވަހެއްގައިވެސް ވޯޓުލާން ޖެހިދާކަމައްޓަކައި ތައްޔާރަށްކަމަށާއި އެހެންކަމުން އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ އައްޑޫ ސިޓީއިން އަނެއްކާވެސް އެމްޑީޕީއަށް އާނބަސް ބުނާތަންކަމަށް ހިއްސާކުރެއްވިއެވެ. ރައީސް ސާލިހު ވިދާޅުވީ، އެގޮތަށް ގަބޫލުކުރެވެނީ ސަބަބެއް ނެތި ނޫންކަމަށާއި ވެރިކަމަށް އަންނަ ސަރުކާރުތަކުން މިހާތަނަށް ގެނެސްދީފައިނުވާ މިންގަނޑަށް އެމްޑީޕީގެ ވެރިކަަމުގައި އައްޑޫއަށް ތަރައްގީ ގެނެސްދީފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަން ބަލައިގަނެ މިދިޔަ ރިޔާސީ އިންތިހާބުގައިވެސް ރައްޔިތުން އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރިކަމަށާއި އެއީ ސިޓީ އަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ވެރިކަމެއްގައިކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭތީކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި އޭރު ކެމްޕެއިންގެ ތެރޭގައި މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ހައްދަވަމުން ގެންދިޔަ ދޮގުތަކާއި އޮޅުވާލުންތަކުގެ ތެރޭގައި ރައްޔިތުންގެ ތެރެއިން ބަޔަކަށް އެ ވާހަކަތަށް ގަބޫލުކުރެވުނު ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ގެނައުމަށް ވޯޓު ދެއްވި މީހުންނަށް މިހާރު ގޯހެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭނެކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ވުޖޫދަށް ގެނެސްފައިވުން މިއަދު މިވަނީ އިސްލާހު ކުރަންޖެހިފައިކަަމަށެވެ. ރައީސް ވިދާޅުވީ، ކުރިމަތިވަމުންދާ ކަންކަން ހައްލުކުރުމުގައި ރައްޔިތުން އިސްވެ އުޅުއްވަންޖެހޭކަމަށާއި ހެއްދެވިފައިވާ ގޯސް ރަނގަޅުކުރަންޖެހޭކަމަށެވެ. އަދި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި އަގުލަބިއްޔަތު ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: