ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މަސައްކަތްކުރަނީ މާލޭ ރައްޔިތުންނަށް ދިން ބިންތައް އަތުލަން: ރައީސް ސާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ، ގޯއްޗާއި ފްލެޓު ތިން މަސް ދުވަހުގެ ތެރޭގައި މި ސަރުކާރަށް ހަވާލު ނުކުރެވި އޮންނަން ޖެހޭ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ސާލިހު މިފަދައިން ވިދާޅުވީ މަޖިލީސް އިންތިހާބަށް އެމްޑީޕީއިން ކުރާ ކެމްޕެއިންގެ ތެރެއިންނެވެ. ރައީސް ސާލިހު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕިއިން ވަރަށް ބުރަ މަސައްކަތްތައް، އެ ޕާޓީގެ ވެރިކަމުގައި ކުރިކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުތަކެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު މި މަޝްރޫއުތައް ހުއްޓިފައިވާކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައިވާ، ގޯއްޗާއި ފްލެޓުތައް ރައްޔިތުންނަށް ނުދިނުމަށް މި ސަރުކާރުން ބަހަނާ ދައްކަމުން އަންނަކަމަށެވެ. ނޫން ނަމަ ތިން މަސް ދުވަހުގެ ތެރޭގައި ގޯއްޗާއި ފްލެޓުތައް ހަވާލު ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވީ ވައުދާއި ހިލާފުވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލޭގެ އެއްވެސް ރައްޔިތަކަށް ލިބިފައިވާ ގޯތި ދޫކޮށްލަން ނުޖެހޭނެކަމަށް ވިދާޅުވީ ނަމަވެސް، އަމަލު ކުރައްވަމުން ގެންދަވަނީ އެހެން ނޫންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވަނީ އޭގެ ދިމާ އިދިކޮޅަށް. ބިންކޮޅެއް ލިބިފައިވާނަމަ އެ ބާތިލުކުރެވޭނެކަމަށް.

ބިންތައް ބާތިލް ކުރާނެކަމަކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ސިޓީ ކައުންސިލަށް އަންގާފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: